ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 05:50
ޔުމްނާ މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމް
ޔުމްނާ މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމް
އަޒުމޫން އަހުމަދު
މުހައްމަދު ނަދީމް
ޔުމްނާގެ ފިރިކަލުން ވެސް ޝަރީއަތް ނިމެންދެން ބަންދަށް
ރައީސް މައުމޫނާއި ދަރިކަލުން ފާރިސް ވެސް ޝަރީއަތް ނިމެންދެން ބަންދު
ނަދީމް މުއްދަތަށް ހާޒިރުކުރީ ހަވީރު، މުއްދަތު ޖެހީ ދަންވަރު
ނަދީމާއި ފާރިސް އަދި މައުމޫންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ބުދަ ދުވަހުގެ ހަވީރު އެވެ. ބަންދާއި މެދު ކޯޓަށް ގޮތެއް ނިންމުނީ ދަންވަރު 1:30 ހާއިރު އެވެ.

ނަދީމް ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރައީސް މައުމޫނާއި ފާރިސް އާއި ނަދީމްގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފައެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. ފާރިސް ހައްޔަރުކުރީ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 މާރޗް 2018 | ބުރާސްފަތި 04:21
ހައްވަ
މިރާއްޖޭގެ ޕީޖީި ގެންގުޅޭ ޓެރަރިޒަމްގެ މަފްހޫމް ވަރަށް ސާފު. ރައީސް ނުރުހިއްޖެ ކޮންމެ މީހަކީ ޓެރަރިސްޓެއް. ސާފު ނުވާ ކަމަކީ ކޯޓުން މިތައްގަނޑު ޖަހާލަން 4، 5 ނުވަތަ 8 ގަޑިއިރު ނަގަަނީ ކީއްވެކަން