ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 06:00
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދޫނިދޫއަށް ގެންދިއުމަށް ލޯންޗުގައި
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދޫނިދޫއަށް ގެންދިއުމަށް ލޯންޗުގައި
ވީނިއުސް
ސީޕީ އަރީފު
ކުރީގެ ސީޕީ އަރީފު ވެސް ޝަރީއަތް ނިމެންދެން ބަންދަށް
އަރީފް ހައްޔަރުކުރީ މިމަހުގެ 6 ވަނަ ދުވަހު
އަރީފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައި
ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އަރީފުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރުގެ ދަށުން އަރީފް ހައްޔަރުކުރީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އަރީފް ހައްޔަރުކުރީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

އަރީފުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުގައި، އަރީފް މެދުވެރިކޮށް، ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމުގެ ކުރިން، ފުލުހުންގެ އުސޫލުތަކާ ޚިލާފަށް އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަރީފް ބޭނުންވާ ބަޔަކު ހޮވައި އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނުވައި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަރީފް އައްޔަންކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހުއެވެ.

ޝަރީއަތް ނިމެންދެން އަރީފް ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އަލީ ހަމީދުއާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް