ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 05:59
އޭސީސީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ރައީސް ހަސަން ލުތުފީ
މުހައްމަދު ޝަރުހާން
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީ އޮފީހުން އޭސީސީއަށް ރައްދު ދީފި
ޕީޖީ އޮފީހުން ބުނީ އޭސީސީން ފޮނުވި ހުރިހާ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް
މިއަހަރު 28 މައްސަލައެއް އަލުން މުރާޖައާކުރަން އޭސީސީގައި އެދިފައިވާނެ
އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރެއިން އަލުން އޭސީސީން ޕީޖީއަށް ފޮނުވީ މަދު މައްސަލަތަކެއް

ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާ މެދު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާ ބައެއް މައްސަލަތަކުގައި އެކަށީގެންވާ ސަބަބެއް ނެތި ދައުވާކޮށްފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވާތީ ޕީޖީ އޮފީހުން ރައްދު ދީފި އެވެ.

ޕީޖީ އޮފީހުން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައެއް ކުށްކަށް ދައުވާކުރުމުގެ އުސޫލަށް ބަދަލުގެނައި ފަހުން އޭސީސީން ހުށަހެޅި ހުރިހާ މައްސަލައެެއްވެސް ދައުވާ ކޮށްފައިވާނެ ކަމުގައެވެ.

އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ޕީޖީ އޮފީހާ ގުޅޭ ގޮތުން ބުނެފައިވާ ވާހަކަތާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އޭސީސީއަކީ އެ އޮފީހަށް މައްސަލަ ހުށަހަޅާ ތަހުގީގު އިދާރާތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅާ އިދާރާ ކަމަށެވެ. އަދި އެ ކޮމިޝަނުން ތަހުގީގުކޮށް، ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެކޮމިޝަނުގެ ހިޔާލާއެކު، އެ އޮފީހުގެ ތެރޭގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުނުއިރު، އެހާތަނަށް އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ އެންމެހާ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ މީގެ 10 އަހަރު ކުރީގެ ބައެއް މައްސަލަ ތަކުގައި ދައުވާ ކުރުމުގައި ކުރިން އަމަލު ކުރަމުން ގެންދިޔަ އުސޫލުގެ ދަށުން ދައުވާ ކުރެވެން ނެތް މައްސަލަތައް އަނބުރާ ފޮނުވާލި ކަމަށެވެ. އަދި އުސޫލު ބަދަލުވެފައިވާތީ ފޮނުވާލި މައްސަލަތައް އަލުން މުރާޖައާ ކުރުމަށް ޕީޖީގެ އޮފީހަށް ހުށަހެޅުމަށް އޭސީސީގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

ނަމަވެސް އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރެއިން އަލުން އޭސީސީން ޕީޖީއަށް ފޮނުވީ މަދު މައްސަލަތަކެއް ކަމަށްވެސް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން 28 މައްސަލައެއް އަލުން މުރާޖައާ ކުރަން އޭސީސީގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް