ކ. މާލެ
|
21 މާރޗް 2018 | ބުދަ 22:50
ޕީޖީ އާއިޝަތު ބިޝާމް
ޕީޖީ އާއިޝަތު ބިޝާމް
ރައީސް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީ އޮފީހުގެ ވަކީލުންނާއި ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާނަމަ ފިޔަވަޅު އަޅާނަން: ޕީޖީ އޮފިސް
ޕީޖީ އޮފީހުގެ ވަކީލުންނާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާނަމަ ފިޔަވަޅު އަޅާނަން: ޕީޖީ އޮފީސް
އަމަލު ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ޕީޖީ އޮފީސް
ޕީޖީ އޮފީހުން މިހާރު ނެރޭ ބަޔާންތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ޝައްކު އުފައްދަމުން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ވަކީލުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮފީހުން ދީފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރުކޮށް، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް ހައްޔަރުކޮށް، އެބޭފުޅުންނާ މެދު ޕީޖީ އޮފީހުންނާއި އެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން އަމަލު ކުރާގޮތުން ސިޔާސީ ފަރާތްތަކުންނާއި ސޯސަލް މީޑިއާގައި ފާޑު ކިޔުންތައް އަމާޒުވަމުން ދިއުމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކޯޓްތަކުގައި ޕްރޮސެކިއުޓަރުން ދައްކާ ވާހަކަ ތަކަކީ އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ވަކި އުސޫލަކުން މައްސަލަތައް ހަވާލު ކުރުމުން އެ މައްސަލަ ތަކުގައި ޕީޖީ އޮފީހުންގެ ފަރާތުން ވަކާލާތު ކުރާ ވަކީލުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޕީޖީ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތަކުގައި ލިބިފައި ހުރި ހެއްކާއި ގަރީނާތަކަށް ބިނާކޮށް، ކަމާ ގުޅޭ ގާނޫނާއި ގަވާއިދަށް ރިއާޔަތްކޮށް ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ..

ޕީޖީ އޮފީހުން އަންގާރަ ދުވަހުވެސް ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ސިޔާސީ ކުލަޖެހި ބައެއް ފަރާތްތަކުގެ ނަންތައް ހާމަކޮށް، ލިބިފައިވާ ހެކި ހަމަކޮށްފައިވާތީ، އެއީ ޕީޖީ ވަކި ފަރާތަކަށް ބުރަވެހުރެ ނެރެފައިވާ ބަޔާނެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
22 މާރޗް 2018 | ބުރާސްފަތި 05:52
WakU
Thedhu vaahaka kamah vias fiyavalhu elheyne