ކ. މާލެ
|
21 މާރޗް 2018 | ބުދަ 21:32
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު
ޓްވިޓަރ
ކުރީގެ ބަންޑާރަ ނައިބު ސުއޫދު
މިއަދު ފެނިގެން މިދަނީ ހައިރާންކުރަނިވި ގޮތެއްގައި ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މަންޒަރު: ސުއޫދު
ސުއޫދު މިހެން ވިދާޅުވިއިރު ފަނޑިޔާރުންނާއި މައުމޫނާއި ފާރިސް އަދި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި

ދިވެހިރާއްޖެ އިން މިއަދު ފެނިގެން މިދަނީ ހައިރާންކުރަނިވި ގޮތެއްގައި ދައުަލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މަންޒަރު ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ. 

ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަދި އުމުރުން ދޮށީ ބޭފުޅެއް ކަމަށްވާ މައޫމުން އަބްދުލް ގައްޔޫމާއި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލިފައި ކަމަށެވެ.   

ސުއޫދު މިމޭރުމުން ޓްވީޓް ކުރެއްވި އިރު ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ވަނީ އުފުލާފައެވެ. ރައީސް މައުމޫނާއި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެރޭ، ރައީސް އަބްދުﷲ ޔާމިން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށްފަހުގައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް