ކ. މާލެ
|
21 މާރޗް 2018 | ބުދަ 18:15
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓެވުމަށް ދަށު ކޯޓުން ހުކުމްކޮށްފި
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކެއް ނުހިނގާނެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓެވުމަށް ދަށު ކޯޓް ކަމުގައިވާ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.  

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވާތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާނީ ލިޔެވިފައިވާ އިޖުރާއަތެއްގެ ދަށުން ނޫން ކަމަށް އެނގިފައިވާ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، ދައުލަތުގެ އެކި އިދާރާތަކުން ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ 'ޖެމްސް' ސިސްޓަމްގެ ޚިދުމަތް ކަނޑާލުމަށް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެންގެވި ކަމަށް ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 މާރޗް 2018 | ބުދަ 13:22
ޝާން
އަލްހަމްދު ލިއްލާހި. މިބައި މީހުން ކުރިކަންތައް ދުނިޔެ މަތީން މިބައިމީހުންނަށް ފެނިގެން ދާކަމީ މިބައިމީހުންނަށާއި ދިރިތިބީންނަށް އިބުރަތެއްކަމުގައި ނޫނީ ނުވާނެ. އިއްޔެ އަދުލަށް ހުކުމް ނުކުރި ފަނޑިޔާރުންނަށް މިއަދު އަދުލު އިންސާފު ނުލިބޭތަން އަދި އޭގެ ހިތިރަހަ ލިބުމަކީ އެމީހުން އިސްލާހުވުމަށް ހުޅުވޭދޮރަކަށް ނޫނީ ނުވާނެ.