ކ. މާލެ
|
21 މާރޗް 2018 | ބުދަ 17:18
ޝެއިހް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށްފަހު ގެންދަނީ
ޝެއިހް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށްފަހު ގެންދަނީ
މުހައްމަދު ޝަރުހާން
ޝެއިހް އިމްރާން އަބްދުﷲ
ޝެއިހް އިމްރާން އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފި
އިމްރާނުގެ ހާލަތާ މެދު އަދާލަތު ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
އިމްރާން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނައުމުގެ ކުރިން އާއިލާއަށް އަންގާފައިވޭ
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައިވަނީ 2015 ވަނަ އަހަރު

ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ޝެއިހް އިމްރާން ޑޮކްޓަރަށް ދައްކާފައިވަނީ ސްކޭނެއް ހެއްދުމަށް ކަމަށެވެ. އަދި އިމްރާން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނައުމުގެ ކުރިން އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުވެސް ކަރެކްޝަންސް އިން ވަނީ ޝެއިހް އިމްރާން މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަދާލަތު ޕާޓީން ޑޮކްޓަރުންނާ ހަވާލާދީ ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައިވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޭރު އަދާލަތް ޕާޓީ އިން ވަނީ ބުނެފައެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް