ކ. މާލެ
|
21 މާރޗް 2018 | ބުދަ 18:16
ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ
ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ޝަރީއަތް
ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި
ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ހެކި ނައްތާލުމުގެ ދައުވާ ވެސް ވަނީ އުފުލާފައި
މައުމޫނު އިއްޔެވެސް ކޯޓަށް ހާޒިރު ކުރި
މައުމޫނު ހައްޔަރުކުރީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެމަނިކުފާނުގެ މައްޗަށް މިހެން އަމުރު ކޮށްފައިވަނީ އެމަނިކުފާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތުގެ މަޖިލީހުގައެވެ. ރައީސް މައުމޫންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު މިއީ އެމަނިކުފާނުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ދެވަނަ ދުވަހެވެ.

މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

ނަމަވެސް މައުމޫން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

މި ހުރިހާ ތުހްމަތެއް ކުރުމަށް ފަހު، އަދި ރައީސް މައުމޫންގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނުމަށް ފަހު ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ ކޮށްފައި ވަނީ، ހެކި ނައްތާލުމުގެ ކުށުގަ އެވެ. ހަމައެހެންމެ ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރިރަޒަމްގެ ދައުވާ ކުރުމަށް ވެސް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް