ކ. މާލެ
|
21 މާރޗް 2018 | ބުދަ 15:13
ޝިފާޒް:އިތުރު ބަޔަކު ވެސް ވަނީ ދޫކޮށްލާފަ
ޝިފާޒް:އިތުރު ބަޔަކު ވެސް ވަނީ ދޫކޮށްލާފަ
މުހައްމަދު ފަޒީން
ހައްޔަރީން ދޫކޮށްލުން
ޝިފާޒާއެކު އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރުންތަކެއް ދޫކޮށްލައިފި
ޝިފާޒް ހައްޔަރު ކުރީ ހަރުގެއިން
ސާބެއާއި އިލްޔާސް ހައްޔަރުކުރީ އެމްޑީޕީ އޮފިސްތެރެއިން
ސާބެގެ ގެވެސް ވަނީ ބަލައި ފާސްކޮށްފައި

އެސްއޯއީގެ ދަށުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއާއި އެޕާޓީގެ ޤައުމީ މަޖިލީހުގެ އިތުރު މެންބަރުން ތަކެއް ދޫކޮށްލައިފިއެވެ.

ޝިފާޒްގެ އިތުރުން  ދޫކޮށްލާފައި ވަނީ ޤައުމީ މަޖިލިސް މެންބަރުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އިބްރާހީމް ވަހީދުއާއި ހަސަން އަހުމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް، ވިޔަފާރި ވެރިޔާ ޢަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް އިލްހާމް އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރުމަށްފަހު ބުދަ ދުވަހު ދޫކޮށްލި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޝިފާޒް ހައްޔަރު ކުރީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު އެއްވުމަކަށް ތައްޔާރުވަމުން ދަނިކޮށް އެމްޑީޕީ ހަރުގެއިންނެވެ. ސާބެއާއި އިލްޔާސް ލަބީބް ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ބޮޑު އިހުތިޖާޖް އިއުލާންކޮށްފައިވަނިކޮށް އެމްޑީޕީ އޮފިސް ތެރެއިންނެވެ. އޭގެ ފަހުން ސާބެގެ ގެ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. މާޖިދު ހައްޔަރު ކޮށްފައިވަނީ ކެފޭއެއްގެ ތެރޭގައި އިންދައެވެ.

ފުލުހުން މި ފަރާތްތައް ހައްޔަރު ކުރުމަށް ފަހު ބުނެފައިވަނީ މާލެ ތެރޭގެ އެކިތަންތާ ރޯކޮށް ސަލާމަތީ ބާރުތަކަށް ހަމަލަދީ މާލޭގެ އަމަން ނަގާލުމަށް މސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވަން އުޅުނު ބޮޑު އެއްވުމާ ދިމާކޮށް ވަނީ އެކަން ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ބަޔަކު ކަމަށް ޝައްކު ކުރެވޭ ގިނަ ބަޔަކު ކަމަށް ބުނެ ފުލުހުން ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތައް މީގެ ކުރިންވެސް ވަނީ ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 މާރޗް 2018 | ބުދަ 11:47
ހުސް ފޭކު
ގައުމު ރޯކޮށްލަން އުޅުނު މީހުން ދޫކޮށްލީތަ؟ ފުލުހުންގެ މުވައްސަސާ އޮތީ ހަތް ފެނުން ދޮންނަންވެފަ..