ކ. މާލެ
|
21 މާރޗް 2018 | ބުދަ 13:55
މައުމޫންގެ ޤާނޫނީ ވަކީލުން (ފައިސަލް ވާތް ފަރާތުގައި)
މައުމޫންގެ ޤާނޫނީ ވަކީލުން (ފައިސަލް ވާތް ފަރާތުގައި)
މުރުޝިދް އަބްދުލް ހަކީީމް
ރައީސް މައުމޫންގެ ވަކީލް
ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
ފައިސަލް މިއަދު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވަކީލް މުހައްމަދު ފައިސަލް މިއަދު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ފޯނު މެދުވެރިކޮށް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ފައިސަލް ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުކުރެވޭ ބޭނުމެއްގެ ގޮތުގައި ޗިޓްގައި ވަނީ ކޯޓާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް މީޑީއާތަކަށް މައުލޫމާތު ދީފައިވުމުންނެވެ.

"ދެން އަޅުގަނޑު ކޯޓަށް ހާޒިރު ކުރެވޭ މައިގަނޑު ބޭނުމެއްގެ ގޮތުގައި ޖަހާފައިވަނީ އަޅުގަނޑު އާންމު ރައްޔިތުންނަށް ހަޤީޤަތް އޮޅޭ ގޮތަށް މައުލޫމާތުދީފައިވާ ކަމަށް ދެން އަޅުގަނޑަށް ޤަބޫލު ކުރެވެނީ ރޭގެ ޝަރީޢަތުގެ މަޖިލީސް ނިންމާފައި ނިކުމެ މީޑިއާ އާއި ވާހަކަ ދެއްކި އިރުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ކަމަށް. ޗިޓުގައި ލިޔެފައިވަނީ ކޯޓުން އަމަލުކޮށްފައިވާ ގޮތާއިމެދު އާންމު ރައްޔިތުންނަށް ހަޤީޤަތް އޮޅޭ ގޮތަށް މީޑިއާ އަށް މައުލޫމާތު ދީފައިވާ މައްސަލައާ ގުޅިގެން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައަށް ވެސް އެބޭފުޅާ ހަޒިރުވާން ޖެހިވަޑައިގަންނަވާތީ އެ ގަނޑިއަށް ކޯޓަށް ހާޒިރުވާން ކުޑަކޮށް ފުށުއަރާ ގޮތް ވާ ކަމަށާއި އެހެން ނަމަވެސް ކޯޓުން އެ ފުރުސަތު އޭނާ އަށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް