ކ. މާލެ
|
21 މާރޗް 2018 | ބުދަ 13:29
ރައީސް މައުމޫން އިއްޔެ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވަނީ
ރައީސް މައުމޫން އިއްޔެ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ޝަރީއަތް
ބަންދުގެ މުއްދަތަށް މައުމޫން އަނެއްކާ ވެސް ކޯޓަށް ހާޒިރުކޮށްފި
ކޯޓުގައި ހަތް ގަޑިއިރު މައުމޫން އިއްޔެ ހޭދަކުރެއްވި
މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި
ބަންދަށް ގެނައިއިރު ވެސް ވަކީލަކާ ބައްދަލެއް ނުކުރެވޭ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ބަންދާމެދު ގޮތެއް ނިންމުމަށް އަނެއްކާ ވެސް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ އިއްޔެ ވެސް ބަންދާމެދު ގޮތެއް ނިންމުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓަށް މައުމޫން އިއްޔެ ހާޒިރު ކުރުމަށްފަހު، ހަތް ގަޑިއިރު ވަންދެން ކޯޓުގައި ބޭންދެވިއެވެ. ބަންދުގެ މުއްދަތުގެ މަޖިލިސް ވެސް ކުރިއަށް ނުގެންގޮސް، ހަވީރު ކޯޓަށް ހާޒިރު ކުރެއްވި ގޮތަށް އެމަނިކުފާނު ކޯޓުން ނެރެގެން ގެންދިޔައީ ރޭ ނުވައެއް ޖެހިފަހުންނެވެ. ރައީސް މައުމޫންގެ ބަންދުގެ މުއްދަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އިއްޔެ ކެންސަލް ކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ރައީސް މައުމޫން ހައްޔަރު ކުރީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ކުރި އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމެއް ނެތި، ރައީސް މައުމޫން ހައްޔަރުކޮށްފައި ހުންނަވާތާ 44 ދުވަސް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް