ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެން ހިންގާ ޝަރިއަތްތަކަކީ އިންސާފަށް ކުރާ މަލާމާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ކްރިމިނަލް ކޯޓަށް ހާޒިރު ކުރަންޖެހޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށާއި ސަލާމަތީ ހިދުމަތްތަކުން އެކަން ކުރަމުން އެ ގެންދަނީ ގާނޫނީ އެއްވެސް ބުރަދަނެއް އޮވެގެން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކުއްލި ނުރައްކާ އިއުލާންކޮށްގެން ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ހިންގާ ޝާރީއަތްތަކަކީ މަލާމާތެއް ކަމަށް، ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޣައިރު ގާނޫނީ އަމުރުތަކަކަށް ފުލުހުންނާޢި ސިފައިން ކިޔަމަންވެގެން ނުވާނެ ކަމަށާއި އެކަމަށް ދެކޮޅު ހަދަންޖެހޭނެ ކަމަށެވެ.
President Yameen & #Maldives security forces have no legal justification or rationale to bring SoE detainees, including Chief Justice Abdulla Saeed to the Criminal Court today. This is a mockery of justice. @MNDF_Official and @PoliceMv must refuse to follow unlawful orders.
— Mohamed Nasheed (@MohamedNasheed) March 21, 2018
ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ޝަރިއަތް ފަށައި ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި މުއްދަތެއް ނެތް ގޮތަށް، ޝަރީއަތް ނިމެންދެން ވެސް ބައެއް ބޭފުޅުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.