ކ. މާލެ
|
21 މާރޗް 2018 | ބުދަ 10:34
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި އަލިފާން ރޯވެފައި
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
އައްޑޫސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައފި
މިހާދިސާ ހިގާފައިވަނީ ރޭ 02:00 ހާއިރު
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، 02:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ، ރޯވެފައިވާ އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ސ. ހިތަދޫ ދިރާމުލި ގޭ ގޯތިތެރޭގައި ޕާރކުކޮށްފައި އޮތް ކާރެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެ ވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކާރުގައި ރޯވުމުގެ ހާދިސާގައި ކައިރީގައި ހުރި ސައިކަލަކަށް ގެއްލުން ވެފައި 

ކާރުގައި ރޯވި މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް