ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 20:54
ރައީސް މައުމޫން ޖަލުން މާލެ ގެންނަނީ، އެމަނިކުފާނާއެކު 8 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ
ރައީސް މައުމޫން ޖަލުން މާލެ ގެންނަނީ، އެމަނިކުފާނާއެކު 8 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ
މުހައްމަދު ޝަރުހާން
ޓެރަރިޒަމްގެ ދައުވާ
ރައީސް މައުމޫނާއި، ފަނޑިޔާރުންނާއެކު 9 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
ރައީސް މައުމޫންގެ ދަރިކަލުން ފާރިސްއާއި ދަނބިދަރިކަލުން ނަދީމްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވަ އުފުލާފައިވޭ
ފަނޑިޔާރުންގެ ތެރެއިން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިލްހާމާއި، ރިޔާޒާއި، ޝިނާންގެ މައްޗަށްވެސް ދައުވާ އުފުލާފައިވޭ

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވާގޮތައް 9 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ. 

ޓެރަރިޒަމްގެ ދައުވާއުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން މެންބަރު އިލްހާމް އަހްމަދުގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރި ތަހުގީގުން، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނުފޫޒުން އެ މީހުން ބޭނުންވާ ގޮތަށް ދުރާލައި ރޭވިގެން ކޮށްފައިވާ އަމުރެއްކަން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މައްސަލައާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވިގެން ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީ އެ ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފަ އެވެމީގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ "ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް" ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މި ދައުވާތައް ކުރުމުގައި ބަލާފައިވާ ކަންކަމުގެ ގޮތުގައި ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގާ ހަވާލާދީ ސީރިއަސް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަސަން ސައީދުގެ ގެ ބަލައި ފާސްކުރި އިރު އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000ރ. އާއި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 3،300 އެމެރިކާ ޑޮލަރާއި ވިލާ ޝިޕިންގެ އެންޑް ޓްރޭޑިން ކޮމްޕެނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނުނު ކަމަށް ބުނެފައިވެ އެވެ. އެއީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ބޭރު ގައުމުތަކުން ގަނެފައިވާ "ޕްރޮޕަޓީތަކަށް" ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދިންކަން އެނގޭ ސިޓީއެއް ކަމަށްވެ އެވެ. މި ލިޔުމުގައި ބުނާ ގޮތުން ފައިސާގެ މަންފާ ލިބޭ މީހުންނަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހްމަދު މިސްފިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކުރީގެ އަނބިކަނބަލުން އާއިޝަތު ހަނާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ސިޓީގައިވާ ސޮޔަކީ ސިޔާދުގެ ސޮއި ކަމާއި އެ ސިޓީން ސިޔާދުގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން އެނގިފައިވާ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މި ލިޔުމުގެ ފޮޓޯއަކާއި އޭގައި ހުރި މައުލޫމާތު ހިމެނޭ ނޯޓެއްގެ ފޮޓޯ ވެސް ސިޔާދުގެ ފޯނުން ފެނުނު ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޖީން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި މައްސަލަތައް ވަކި ގޮތަކަށް ނިންމަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ދީ އެ ފައިސާގައި ހިފާފައިވާކަން އެނގެ އެވެޕީޖީން ބުނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަންކަން އެނގޭ ކަމަށާއި އެއީ ދުރާލައި ރޭވި ޕްލޭނެއްގެ ދަށުން ފައިސާގެ ބަދަލުގައި ނެރެނު އަމުރެއްކަން އެނގޭ ކަމަށެވެ.

އެބަޔާނުގައި ބުނަެފައިވަނީ 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން، ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލައި ރޭވިގެން، މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން، ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަރީފް މެދުވެރިކޮށް، ކޯޓުން އަމުރު ނެރުމުގެ ކުރިން، ފުލުހުންގެ އުސޫލުތަކާ ޚިލާފަށް އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަރީފް ބޭނުންވާ ބަޔަކު ހޮވައި އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނުވައި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައި ކަމަށް މިހާތަނަށް ތަހުގީގަށް އެނގިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 މާރޗް 2018 | އަންގާރަ 16:10
ކިއްލި ފަންޑިޔާރު
ކިއްލި ފަންޑިޔާރު