ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 21:57
މެޑަމް ނަސްރީނާ ރައީސް މައުމޫންގެ ޕޯސްޓަރަކާއެކު
މެޑަމް ނަސްރީނާ ރައީސް މައުމޫންގެ ޕޯސްޓަރަކާއެކު
ޓްވިޓަރ
މެޑަމް ނަސްރީނާ
މެޑަމް ނަސްރީނާގެ ފުރަތަމަ އިންޓަރވިއު: ވަރަށް އަވަހަށް ނަސްރު ލިބޭނެ
މިއީ ރައީސް މައުމޫންގެ ވެރިކަމުގައާއި މިއަދާ ހަމައަށްވެސް އެކަމަނާ ދެއްވި ފުރތަމަ އިންޓަރވިއު
އިންސާނުން ރާވާ ކަންކަން ތަޤުދީރު ކުރެއްވުން އޮތީ އެހެން ފަރާތެއްގައި
މީހާ ހައްޤުގެ މަގުގައި ހުރި ނަމަ ހުންނާނީ އުފަލުގައި

ސިޔާސީ ހުރިހާ ބޭފުޅުން މިނިވަންވެ ޤައުމު އަމާންވެ ވަރަށް އަވަހަށް ނަސްރު ލިބޭނެ ކަމަށް ކުރީގެ ފަސްޓްލޭޑީ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ފިރިކަލުން ރައީސް މައުމޫނުގެ ބަންދަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރާތީ އެސަރަހައްދުގައި ހުންނަވައި، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިއީ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރުގައާއި އަދި މިހާތަނަށް ވެސް މީޑިޔާތަކަށް މެޑަމް ނަސްރީނާ ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.
މެޑަމް ނަސްރީނާ ވިދާޅުވީ އިންސާނުން ކަންކަން ރާވާނެ ކަމަށާއި ނަމަވެސް އިންސާނުން ރާވާ ކަންކަން ތަޤުދީރު ކުރެއްވުން އޮތީ، އެހެން ފަރާތެއްގައި ކަމުގައެވެ.
ހައްޤަށް ނަސްރު ދެއްވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން މެޑަމް ނަސްރީނާ ވިދާޅުވީ، މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެމީހާ އެހުރީ ހައްޤުގެ މަގުގައި ކަމުގައިވާނަމަ އެމީހަކަށް ނަސްރު ދެއްވާނެ ކަމުގައެވެ. މެޑަމް ނަސްރީނާ ވިދާޅުވީ މީހާ ހައްޤުގެ މަގުގައި ހުރި ނަމަ ހުންނާނީ އުފަލުގައި ކަމަށާއި ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމަށާއި ނަސްރާއި ހަމައަށް ދަތުރު ކުރާނެ ކަމުގައެވެ.
މެޑަމް ނަސްރީނާ މިއަދު ކްރިމިނަލް ކޯޓް ސަރަހައްދަށް ވަޑައިގެންނެވި އިރު، ދަރިކަނބަލުން ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނު ވެސް އަރިހުގައި ތިއްބެވިއެވެ. އަދި ބޭބޭފުޅު އައްބާސް އިބްރާހީމާއި އައްބާސްގެ އަނބިކަނބަލުން ވެސް މެޑަމް ނަސްރީނާއާއި އެކު އެ ސަރަހައްދުގައި ހުންނެވިއެވެ.
 ކުރިން ކުރައްވާފައި ނުވާކަމެއް އެކަމަނާ މިއަދު ކުރެއްވިއިރު ފިރިކަލުން މައުމޫންގެ އިތުރުން ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް