ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 17:59
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ޕީޕަލް މެގަޒިން
ފުލުސް އޮފީހަށް ހާޒިރު ކުރުން
މެމްބަރު އަމީތުގެ މައްސަލަ ބަލާ ޕޮލިސް އޮފިސަރ ބަދަލުކޮށް، މިރޭ 21:30 އަށް!
ކުރިން ފުލުހުން ބުނީ ދެއްކެވި ވާހަކަ ފަހުމު ނުވާކަމަށް: އަމީތު
މިހާރު ޗިޓް ހަވާލުކޮށްފައި ވަނީ މިރޭ 21:30 އަށް ހާޒިރު ވުމަށް
ހަމަ މިމައްސަލާގައި މެމްބަރު އިމްތިޔާޒު ފަހުމީވެސް ހާޒިރު ކުރޭ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން ކުރިން ތަހުގީގު ހިންގި ޕޮލިސް އޮފިސަރު ބަދަލުކޮށް، އެހެން އިންވެސްޓިގޭޝަން އޮފިސަރަކާއެކު އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް އަމީތު ޕޮލިސް އޮފީހަށް ހާޒިރުވުމަށް އިތުރު ޗިޓެއް ހަވާލުކޮށްފި އެވެ.

އަމީތު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ތަހުގީގު ކުރައްވަނީ އެހެން ބޭފުޅެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލަކާއެކު ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ.

މީގެއިތުރުން އަމީތު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އޭނާ ދައްކާ ވާހަކަ ފަހުމުވެ، މި ތަހުގީގު ފުރިހަމަކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.  

 

ހޯމަ ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު އަމީތު ދެއްކެވި ވާހަކަ ފަހުމު ނުވާ ކަމަށް ވިދާޅުވެ، ފުލުހުން އަންގާފައި ވަނީ އަންގާރަ ދުވަހު މެންދުރު ފަހު 15:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އަންގާރަ ދުވަހުގެ 13:30 އަށް ހާޒިރުވުމަށް އެންގެވުމަށް ފަހު އަނެއްކާ ވަނީ އަންގާރަ ދުވަހުގެ ރޭ 21:30 ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފަ އެވެ.

އަމީތުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމަށް ބުނާ މައްސަލައިގެ ތަހުގީގެކެވެ. 

ހަމަ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ  (އިންތި) ވެސް ހާޒިރުވުމަށް ވަނީ އަންގަވާފަ އެވެ. އަންގާރަ ދުވަހުގެ 13:30 އަށް އިންތި ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާއަށް މިހާރު އަންގާފައި ވަނީ ގާނޫނީ ވަކީލަކާއެކު ބުދަ ދުވަހުގެ ރޭ 20:30 އަށް ހާޒިރު ވުމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް