ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 15:50
އާދިއްތަ ދުވަހު އިލްހާމް ކޯޓަށް ހާޒިރުކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ
އާދިއްތަ ދުވަހު އިލްހާމް ކޯޓަށް ހާޒިރުކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
މެމްބަރު އިލްހާމް އަހުމަދު
15 ދުވަސް ޖަހާފައި ވަނިކޮށް އަނެއްކާ ވެސް އިލްހާމް ކޯޓަށް ހާޒިރުކޮށްފި
އިލްހާމްގެ ބަންދަށް އާދިއްތަ ދުވަހު ވަނީ 15 ދުވަސް ޖަހާފައި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ކްރިމިނަލް ކޯޓަށް އިލްހާމް ހާޒިރުކޮށްފިއެވެ.

އަންގާރަ ދުވަހު އިލްހާމް ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޮން މައްސަލައެއްގައި ކަން ކަށަވަރުވެފައި ނުވާއިރު އާދީއްތަ ދުވަހުގެ ވަގުތެއްގައި ވަނީ އިލްހާމްގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އިލްހާމްގެ އާއިލާއިން ބުނެފައިވަނީ އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ އަނެއްކާ ވެސް ބަންދުގެ މުއްދަތު ޖެހުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އާދިއްތަ ދުވަހު އިލްހާމްގެ ބަންދަށް މުއްދަތު ޖަހާފައިވަނީ އޭނާގެ ވަކީލުގެ ޣައިރު ހާޒިރުގައެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އިލްހާމް ހައްޔަރު ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. ހަމައެހެންމެ އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ މެމްބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލައެއް ވެސް ތަހުގީގު ކޮށްފައެވެ. އިލްހާމްގެ އިތުރުން އޭނާގެ ކޮއްކޮ އާދަމް ޒާލިފް ގެ ބަންދަށް ވެސް އާދިއްތަ ދުވަހު 15 ދުވަސް ޖަހާފައިވެއެވެ. އެހެން ނަމަވެސް އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރި ކަމެއް ރާއްޖެއެމްވީއަށް އެނގިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް