ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 16:51
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ހާޒިރު ކުރަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ހާޒިރު ކުރަނީ
މުހައްމަދު ޝަރުހާން
އަލީ ހަމީދު
އަލީ ހަމީދު ކޯޓަށް ހާޒިރުކޮށްފި
މިއީ ހައްޔަރުކުރެވުނު ފަހުން ފަނޑިޔާރެއްގެ ކުރިމައްޗަށް އަލީ ހަމީދު ހާޒިރުކުރެވުނު ފުރަތަމަ ފަހަރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.

އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރެޔެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ގޮތަކަށް ޖުޑީޝިއަރީ ބައްޓަން ކުރަން މަސައްކަތްކޮށް، ގާޒީންނަށް ނުފޫޒު ފޯރުވައި، ތަހްގީގަށް ތަހްލީލް ކުރަމުންދިޔަ ހެކި އަނބުރާ އެތަކެތި ނިސްބަތްވާ ފަރާތްތަކަށް ރައްދު ކޮށްދިނުމަށް އަމުރު ނެރެފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓަށް އަލީ ހަމީދު ހާޒިރުކޮށްފައިވާއިރު މިއީ އޭނާ ހައްޔަރުކުރެވުނު ފަހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނު ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް