ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 14:03
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބުގައި އީ-ވޯޓިންގ ބޭނުން ނުކުރާނެ: އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުގައި
އީވޯޓިންގ ތައާރަފް ކުރުމަށް ގާނޫނުތަކަށް ބަދަލުތައް ގެންނަންޖެހޭ
އީ- ވޯޓިންގ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުން ކުރުމުގެ ވާހަކަ ދެކެވުނު

ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގ (އީ-ވޯޓިން) ބޭނުން ނުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އީ-ވޯޓިންގ އަކަށް ދާއިރު ގާނޫނުގެ ތެރެއިން ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެހެން ކަމުން ކުރިއަށް މިއޮތް މުއްދަތުގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އީ-ވޯޓިންގ އަކަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.

ޝަރީފު ވިދާޅުވީ، އީ-ވޯޓިންގ ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ނުވާނެތީ އީ-ވޯޓިންގ އިންތިހާބުގައި ބޭނުން ނުކުރެވުނު ނަމަވެސް، ވޯޓު ގުނުމުގައި އީ-ކައުންޓިންގ ބޭނުންކޮށްފާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައިވެސް ގޮތް ތަކެއް ކަނޑައަޅާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އީ-ވޯޓިންގ ސިސްޓަމެއް ގާއިމް ކުރުމުގެ ވާހަކަ ދައްކާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭރުއްސުރެ އީ-ވޯޓިންގ ރާއްޖެއަށް  ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް އިލެކްޝަންޝް ކޮމިޝަނުން ކޮށްފައިވެ އެވެ. އީ-ވޯޓިންގ ގެ އެންމެ ބޮޑު އެއް ފައިދާއަކީ ވޯޓް ގުނުމާއި، ޑޭޓާ ކަލެކްޓް ކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ ހަރަދު ކުޑަވުންކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އީ-ވޯޓިންގ ތައާރަފް ކުރުމަށް މަސައްކަތް ފެށި ހިސާބުން އިދިކޮޅު ފަރާތްތަކުންވެސް މިފަދަ ސިސްޓަމެއް ރާއްޖެއާ ނުގުޅޭ ކަމަށާއި އީ-ވޯޓިންގ ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދަނީ ވޯޓު އޮޅުވާލުމަށް ކަމަށެވެ. އަދި ދެފުއްފެންނަ ނިޒާމެއް ނޫން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް