ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 13:38
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފަނޑިޔާރު އަލީ ހަމީދު
ރާއްޖެއެމްވީ
ބަންދުގެ މުއްދަތު ޖެހުން
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރަނީ
މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެރޭ
ރައީސް މައުމޫން ވަނީ ޝަރީއަތް މަޑުޖައްސާލުމަށް އެދިފައި
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ވަނީ ފަށާފައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ރައީސް މައުމޫން މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 04:00 ގައެވެ. ފަނޑިޔާރު އަލީ ހަމީދު އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 އަށް ހާޒިރު ކުރާ އިރު އުއްތަމަ ފަނޑިޔާރު ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 05:00 ގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަނގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން އަންގާރަ ދުވަހުގެ ހަވީރު 04:30 ހަށް މުއްދަތު ޖެހުމަށްޓަކާއި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މައުމޫން މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރާ އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލު މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ އެމަނިކުފާނުގެ ޝަރީޢަތުގެ އަޑުއެހުންތައް ފަސްކޮށް ދެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ހާޒިރުކުރާއިރު އެމަނިކުފާނުގެ ޝަރީއަތް ވަނީ ކްރިމިނަކް ކޯޓުގައި ފަށާފައެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށްފަހުއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް