ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 12:43
ކްރިމިނަލް ކޯޓު ބޭރު
ކްރިމިނަލް ކޯޓު ބޭރު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓުގެ ބަޔާން
ކޯޓުގެ ގާޒީންނާ ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނަން: ކްރިމިނަލް ކޯޓުް
އަބްދުﷲ ސައީދުގެ ވަކީލުންގެ ޓީމުން ފަތުރަނީ ދޮގު ވާހަކަ
މިފަދަ ވާހަކަ ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން
އަބްދުﷲ ސައީދުގެ މައްސަލަ ކުރިއަށްދާގޮތް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ

ކްރިމިނަލް ކޯޓުގެ ގާޒީންނާއި ގުޅޭ ގޮތުން، އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެކޯޓުން އިންޒާރުދީފި އެވެ.

ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ނޫސްބަޔާނުގައި، ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޯޓުން  ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން، 18 މަރޗު 2018 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސައީދުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެވޭނީ ޖިނާއީ ކޮން އިޖުރާއަތަކާ ގުޅިގެންކަން ދިފާއުން ސުވާލު ކުރެއްވުމުން މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރުއްވި ސަބަބުކަމުގައި އެ ގަރާރުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއްގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ ފަރާތެއްކަން ހާމަކޮށްފައިވާނެ ކަމަށް އެންގި ކަމަށެވެ.

އެގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އެގަރާރުން އަމަލުކުރުން ހުއްޓާލެވިފައިވާ ގާނޫނަކަށްވީ ނަމަވެސް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރެވިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭނީ އެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގައި މިނިވަން އިންސާފުވެރި ޝަރީއަތް އަބްދުﷲ ސައީދަށް  ލިބިގެންވާކަން ޝަރީއަތަށް ކަވަރުވާ ގޮތުގެ މަތިން ރާއްޖޭގައި އަމަލު ކުރަމުންދާ އާންމު އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

މައްސަލާގައި މިވަގުތު ޝަރީއަތް ކުރިއަށްދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ކަމަށް ވީ ނަމަވެސް، އެގަރާރުން ހަނިކުރެވިފައިވާ ހައްގުތައް ހަނިކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެފަދަ ހައްގެއް ކޮންމެހެން ހިފަހައްޓަން ޖެހިއްޖެ މިންވަރަން ކަމަށް އެކޯޓުން ބުނެ އެވެ. ދިވެހި ދައުލަތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރު ނުކުރައްވައިފި ނަމަ އެގަރާރުން ހަނިކުރެވިފާ ހައްގުތައް ހަނިކުރެވިފައިވާ ހަނިކުރުން އެދުވަހުން ފެށިގެން ނިމުމަކަށް އަންނާނެކަން ތަކުރާރުކޮށް ޝަރީއަތުން ސާފުކޮށްދިން ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ. އެހެން ނަމަވެސް މައްސަލައިގެ ޝަރީއަތް ނިމުމުން އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ ބަލާ ގާޒީ މައްސަލަ ކުރިއަށްގެންދަނީ ހިތު ހުރި ގޮތަކަށް ކަމަށް ވިދާޅުވި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ކޯޓާއި ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ވާހަކަދައްކާ ފަރާތްތަކާ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
21 މާރޗް 2018 | ބުދަ 04:47
ފަސީ
ކަމެއް ހިނގިގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ވާހަކަ ދެއްކުމެއްނޫން، އެއީ އެކޯޓުތަކުގައި މަސައްކަތްކުރާ ޕަޕެޓުންގެ ހުރި ފެންވަރު ދަށްކަމާއި އުސޫލެއްނެތްކަން ބުނެދިނުން.
20 މާރޗް 2018 | އަންގާރަ 10:53
ޔަގް
މިތަނަކީ ރައްޔިތުންނައް އިންޒާރުދިނުމައް ހަދާފަހުރި ކިއްލާއެއްބާ؟
20 މާރޗް 2018 | އަންގާރަ 08:20
ޖަވާދު
ކްރިމިނަލްކޯރޓްން އުއްތަމަ ފަޑިޔާރުގެ މައްސަލަ ބައްލަވާ ގާޒީއައް ހީވަނީ މިގައުމަކީ އެބޭފުޅާ ބޭނުންގޮތަކައް ކަންތައް ކުރެވޭނެ ތަނެއްހެން. ފަޑިޔާރުންނަކީ ހެދިފަހުންނަ ގާނޫނުތަކުގެމައްޗައްބިނާކޮއް ޝަރީއައް ކުރަން ތިބޭބަޔެއް. ޤާނޫނު ހެދުމަކީ ފަޑިޔާރުން ކުރަން ޖެހޭކަމެއްނޫން. މީހަކު މިބޭފުޅާ މިމަގާމައްގެނެސް ވަކިކަމެއް ކުރަންބުނީމަ ކުޜާހެން ހީވަނީ.