ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 13:17
ޔުމްނާގެ ފިރިކަލުން ނަދީމްއާއެކު - ޔުމްނާގެ ހިތްވަރު ގަދަކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން
ޔުމްނާގެ ފިރިކަލުން ނަދީމްއާއެކު - ޔުމްނާގެ ހިތްވަރު ގަދަކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން
މުހައްމަދު ޝަރުހާން
ޔުމްނާ މައުމޫނު
މީ ހިތާމަވެރި އުފަން ދުވަހެއް: ޔުމްނާ
ޖަލުގައި ތިއްބެވި އެކަމަނާގެ އާއިލާގެ ބޭފުޅުންގެ މަތީން ވަރަށް ބޮޑަށް ހަނދުމަވާކަމަށް ވިދާޅުވި
ހެޔޮ ދުއާ ފޮނުވި މީހުން ދެކޭ ގޮތުގައި، ޔުމްނާ މައުމޫނަކީ އެހެން މީހުންނަށް ނަމޫނާ އެއް

އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުން އަދި ކޮއްކޯފުޅު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހުންނަވަނިކޮށް އައި އުފަން ދުވަހާއި ގުޅިގެން މި ދުވަސް އުފާވެރި ނޫންކަމަށް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

އެކަމަނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކީ އެންމެނަށް ޖުމްލަކޮށް ޝުކުރު ދަންނަވަމުން ޔުމްނާ ވިދާޅުވީ ޖަލުގައި ތިއްބެވި އެކަމަނާގެ އާއިލާގެ ބޭފުޅުންގެ މަތީން ވަރަށް ބޮޑަށް ހަނދުމަވާކަމަށެވެ. އަދި އާއިލާއާ ދުރުގައި، މި ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގެންފައި ވުމަކީ ހިތްދަތި އިހްސާސެއް ކަމަށް ޔުމްނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

ޔުމްނާގެ މި އިހްސާސްތަކަށް، ހެޔޮ ދުއާ ފޮނުވި މީހުން ދެކޭ ގޮތުގައި، ޔުމްނާ މައުމޫނަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ. ފާރިސް ވިދާޅުވި ގޮތަށް ހަމަ "ސުޕަހީރޯއެއް" ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

އާއިލާ އަށް ދިމާވެފައިވާ ހިތްދަތި މި ދަނޑިވަޅުގައި މަންމާފުޅު، ނަސްރީނާ އިބްރާހީމް އެކަނި ކުރައްވަން ޔުމްނާ ބޭނުންފުޅު ނުވާ ކަމަށް އޭނާއާ ގާތް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އިދިކޮޅު ހަރަކާތްތަކުން މިހާރު އެކަމަނާ ނުފެންނަނީ އެހެންވެ ކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

ޔުމްނާ އާއި ދައްތާފުޅު، ދުންޔާ މައުމޫނަކީ އެއްމާބަނޑު ދެބެންނެވެ. މިއަދަކީ ދުންޔާގެ ވެސް އުފަންދުވަހެވެ. ދެ ބޭފުޅުންވެސް ގެންދަވަނީ ޖަލުގައި ތިއްބެވި އާއިލާގެ ތިން ބޭފުޅުން ޖަލުން މިނިވަން ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވަމުންނެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް