ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 09:30
ވިންޓާ ތީމް ޕާކު އަޅަނީ ކުރިން ކަޅުވަކަރު މިސްކިތް ހުރި ތަނުގައި
ވިންޓާ ތީމް ޕާކު އަޅަނީ ކުރިން ކަޅުވަކަރު މިސްކިތް ހުރި ތަނުގައި
ސޯޝަލް މީޑިއާ
ރަސްރަނި ބަގީޗާ
ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފި
ވިންޓަރ ތީމް ޕާކު ކުރިން ނިންމަން އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު
ރޯދައިގެ ކުރިން ނިންމުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން

ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފިއެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަސްރަނި ބަގީޗާގެ ވިންޓަރ ތީމް އިމާރާތް ރޭވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެތަން ރޭވުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ވިދާޅުވިއެވެ.ވިންޓާ ތީމަށް ރަސްރަނި ޕާކުގައި ތަރައްގީކުރާ ވިންޓާ ކޯނާގެ މަސައްކަތް ހިނގަމުންދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މުއިއްޒު ވަނީ ޓްވީޓްކުރައްވާފައެވެ.

ފޮޓޯތަކަށް ބަލާއިރު އެތަނުގައި ވީހާވެސް ބޮޑަށް ފިނި މޫސުމެއްގެ ކުލަ ޖެއްސުމަށް މަސައްކަތްކޮށްފައިވާކަން ހާމަކޮށްދެ އެވެ. އެއް ފޮޓޯ އިން ފެންނަނީ އެއް ލެވެލެއްގައި ފުޓްސަލް ދަނޑެއްހެން ހަދާފައިވާ ސްޓޭޖެކެވެ. އެ ސްޓޭޖްގެ އެއް ކޮޅުގައި ގަދައަށް ސްނޯ ފައިބާ ގައުމުތަކުގެ ފަގީރު އަވަށްތަކުގެ މީހުން ދިރިއުޅެން ހަދާފައި ހުންނަ ގަނޑުފެނުގެ ގެ ނުވަތަ އިގޫލްގެ ބައްޓަމަށް ތަނެއް ހަދާފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހަށް ނިންމާލެވޭނެކަމަށް ވިދާޅުވި، ވިންޓާ ކޯނާގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާއިރު އެތަން ރޯދައިގެ ކުރިން ނިންމައިލެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި ވިންޓާ ކޯނާއަށް އާންމުން ކުރާ އިންތިޒާރުގެ ނަތީޖާ ފެންނާނީ ފޮނިކޮށް ކަމަށް ވިދާޅުވިއެވެ.

ވިންޓާ ކޯނާގެ ބަޖެޓް އޮތް ގޮތް މިހާތަނަށްވެސް ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 އޭޕްރިލް 2018 | ހޮނިހިރު 17:44
ގާދިރު
މުއިއްޒުމެންވަރައްބިރުގަންނަކަމެއް ކަންކުރާގޮތާދާހަރަދުކިޔައިދިނުމަކީއެކަމުރައްޔިތުންބޭނުންވޭތިޔަކަންކުރަނީކިހިނެއްކޮންގޮތަކައްކިހާވަރަކައްކަންއިބގެން