ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 09:24
އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާހިމް އިސްމާއިލް
އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާހިމް އިސްމާއިލް
ގޯލް.ކޮމް
ކައުންސިލްތައް ސަސްޕެންޑްކުރުނ
ކައުންސިލަރުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިބުރާ ގޮވާލައްވައިފި
ސަސްޕެންޑް ކުރާ ކައުންސިލްތަކުގެ މެންބަރުން ސަސްޕެންޑް ވެގެން ތިއްބަވާނެކަމެއް ނެތްކަމަށް ވިދާޅުވި
ގިނަ ކައުންސިލްތަކެއް ވަނީ ސަސްޕެންޑްކޮށްފައި
ކައުންސިލްގެ ،މެމްބަރުން ސަސްޕެންޑްކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ

ކައުންސިލަރުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިބުރާ ގޮވާލައްވައިފިއެެވެ.

އެމްޑިޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަސްޕެންޑް ކުރާ ކައުންސިލްތަކުގެ މެންބަރުން ސަސްޕެންޑް ވެގެން ތިއްބަވާނެކަމެއް ނެތްކަމަށެވެ.

އިބުރާ އެ ކައުންސިލް ތަކަށް ގޮވާލެއްވީ، ސަސްޕެންޑް ކޮށްފައި އޮތަސް ބަރާބަރަށް އޮފީހަށް ނުކުތުމަށެެވެ.

"ބަރާބަރަށް ނުކުމެ ރައްޔިތުން ކަލޭމެން އިންތިޚާބުކޮށް ހަވާލުކުރި މަސައްކަތް ކުރަންވީ. މީ މަދަނީ ބަސްނޭހުން" އިބްރާ ވިދާޅުވިއެވެ.

އިބްރާ މިގޮތަށް ގޮވާލައްވާފައި މި ވަނީ، ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ނެރުނު ޤަރާރުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ކައުންސިލްތަކުގެ ކައުންސިލަރުންތަކެއް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ސަސްޕެންޑް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 މާރޗް 2018 | ބުދަ 03:33
އަޅޭ
ކަލޭމެނޯ! އެއީ ބޭފުޅުން! ކަލޭމެނެއްނޫން