ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 09:22
އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތައް
އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތައް
ޓްވިޓަރ
ސޯޝަލް ހައުސިންގ ސްކީމް
9 ރަށެއްގެ ހައުސިންގ ޔުނިޓް ޑިޒައިންކޮށް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
ނުވަ ރަށުގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައި
2018 ވަނަ އަހަރު 522 ޕީއެސްއައިޕީ މަޝްރޫއު ހިންގުމަށް ވަނީ ހަމަޖެހިފައިވޭ
ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވޭ

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ނުވަ ރަށެއްގެ ހައުސިން ޔުނިޓް ޑިޒައިންކޮށް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ހައުސިންގ ޔުނިޓް ޑިޒައިންކޮށް ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ، ލ.ގަން، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.މަޑުއްވަރި ސ.ފޭދޫގައި އަދި ށ.ކޮމަންޑޫ އެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާ އިރު މި ނުވަ ރަށުގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ޅ. ހިއްނަވަރާއި ސ. ފޭދޫގައި ކޮންމެ ރަށަކު  100 ހައުސިންގް ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ އިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ހަތަރު ލައްކަ ދައްކަން ޖެހެ އެވެ. ދ. ކުޑަހުވަދޫގައި އާއި ދ. މީދޫއާއި ރ. މަޑުއްވަރީއާއި ށ.ކޮމަންޑޫގައި ކޮންމެ ރަށަކު، 50 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ އިރު ދެ ލައްކަ ރުފިޔާ މީގެއިން ކޮންމެ ރަށެއްގެ މަސައްކަތައް ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހެ އެވެ.

ލ. ގަމުގައި 200 ހައުސިން ޔުނިޓް ތަރައްގީ ކުރާ އިރު ބިޑް ސެކިއުރިޓީ އަކީ އަށް ލައްކަ ރުފިޔާ އެވެ.

ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 މަރޗުން 19 އޭޕްރީލްއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

 ނުވަ ރަށެއްގެ ހައުސިން ޔުނިޓްތަކެއް ޑިޒައިންކޮށް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު 2018 ވަނަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) ގެ ގޮތުގައި ޖުމްލަ 522 މަޝްރޫއެއް ހިމެނެ އެވެ. މީގެ ތެރެއިން 430 މަޝްރޫއުއަކީ  މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކެވެ. އަދި 92 މަޝްރޫއު އަކީ އަލަށް ފަށާ މަޝްރޫއުތަކެވެ. މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ޖުމްލަ 5.4 ބިލިއަން ރުފިޔާ ހަރަދުވާއިރު އަލަށް ފަށާ މަޝްރޫއުތަކަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު މިއީ މުޅި ބަޖެޓުގެ 25 ޕަސެންޓް އެވެ. މި މަޝްރުއުތަކުގެ ތެރެއިން 3.7 ބިލިއަން ރުފިޔާ އާންމު ބަޖެޓުން ހަރަދު ކުރާ އިރު ލޯނުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އިން 0.6 ބިލިއަން ރުފިޔާ އާއި ޓްރަސްޓް ފަންޑްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 މާރޗް 2018 | އަންގާރަ 19:10
ނާޒީ ކޮންސަންޓޭޝަން ކޭންޕެއްބާ
ނާޒީ ކޮންސަންޓޭޝަން ކޭންޕެއްބާ؟