ކ. މާލެ
|
19 މާރޗް 2018 | ހޯމަ 22:21
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑް މީޓިންގްގެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑް މީޓިންގްގެ
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ އިން އަނެއްކާ ވެސް ތިން ރަށެއްގެ ކައުންސިލަރުންތައް ސަސްޕެންޑްކޮށް އެ ކައުންސިލްތައް ރޫޅާލާނެކަމުގެ އިންޒާރުދީފީ
ސަސްޕެންޑް ކުރީ ގދ. ގައްދޫ ކައުންސިލް އާއި ބ. ހިތާދޫ ކައުންސިލްގެ އިތުރުން ށ. މިލަންދޫ ކަުއުންސިލް މެމްބަރުން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ގދ. ގައްދޫ ކައުންސިލް އާއި ބ. ހިތާދޫ ކައުންސިލްގެ އިތުރުން ށ. މިލަންދޫ ކައުންސިލްގެ މެމްބަރުންތައް ސަސްޕެންޑްކޮށް އެ ކައުންސިލްތައް ރޫޅާލާނެކަމުގެ އިންޒާރު ހޯމަ ދުވަހު ދީފިއެވެ.

އެލްޖީއޭ އިން އެ ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކައުންސިލް މެމްބަރުން ސަސްޕެންޑް ކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ކަމަށެވެ.

ސަސްޕެންޑް ކުރި ކައުންސިލަރުންނަކީ:

  • ގދ. ގައްދޫ
  1. ރައްޔާން ޖަމާލް (ރައީސް)
  2. އައިމިނަތު ފަރުޒީނާ (ނައިބް ރައީސް)
  3. އާމިރު އަބްދުﷲ
  • ބ. ހިތާދޫ
  1. އަބްދުލްއަޒީޒް މުހައްމަދު (ރައީސް)
  2. މުހައްމަދު ހަސަން (ނައިބް ރައީސް)
  3. އަންވަރު މުހައްމަދު
  • ށ. މިލަންދޫ
  1. އަބްދުﷲ ފާއިޒް (ރައީސް)
  2. އަހްމަދު ޝިޔާމް (ނައިބް ރައީސް)

ސަސްޕެންޝަންގެ މުއްދަތު ހަމަވަންދެން ގދ. ގައްދޫ ކައުންސިލް ހިންގުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ އެ ކައުންސިލްގައި ހިމެނޭ ހަމައެކަނި ޕީޕީއެމްގެ މެންބަރު ކަމަށްވާ މުހައްމަދު ލަބީބްއާ އެވެ. ހިތާދޫ ކައުންސިލްގެ ހިންގުން ހަވާލުކޮށްފައިވަނީ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެ މައްސޫލިއްޔަތު އަދާކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތާއެވެ. އަދި ށ. މިލަންދޫ ކައުންސިލް ހިންގުން ހަވާލު ކޮށްފައިވަނީ އެ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ މެންބަރު އަބްދުﷲ އާތިފްއާއެވެ.

ސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި ފަރުދީ ބޭނުމަކަށް ކައުންސިލް އިދާރާ އިން ޚިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފައެވެ.

ސަސްޕެންޑްކުރި ތިން ކައުންސިލުން މީގެ ފަހުން އެ ދަރަޖައިގެ ކުށެއް ކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެލްޖީއޭއިން ވަނީ ދީފައެވެ.

އެލްޖީއޭ އިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބ ތުޅާދޫ ކައުންސިލްގެ އިތުރުން ބ ކަމަދޫ ކައުންސިލް މެމްބަރުން ސަސްޕެންޑްކޮށް ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު ފެބްރުއަރީ 18 ވަނަ ދުވަހު ދީފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 މާރޗް 2018 | އަންގާރަ 04:43
މެދުހެންވޭރު
ހަމަކުރަންވީ! ރަގަޅީ އުވާލިއްޔާ! ބަލަ މިނިސްޓަރޫ ކަލޭމެން ތިޔަ އުޅެނީ އަހަރުމެންގެ އިއްޒަތްތެރި ރައީސް ޔާމީނަށް އޮތް ތާއީދު ގެއްލުވާލަންތަ؟ ތިޔަ ކުރާހާކަމަކުން ރައްޔިތުންގެ ނަފްރަތާ ރުޅިވެރިކަން ނޫން އެހެންކަމެއް ނުވޭދޯ؟ ދެން މަމިހެންބުނީމަ އެއުޅޭ ލޯބޮޑު ކަންނެލި ބާނަންތިއްބާ ދަމާކޫއްތާފަ މާލެގެނެސް ތަޅަންދަސްކޮއްދިން ކުދީންގެ ތެރެއިން ކުދިން އަހަރެން އުފުރާލަން ފޮނުވާނީކީނޫން! ހިކުމަު އަމަލީ އޭ ބުނާބީދައިން ނިކަންވިސްނާފަ ތިޔަކަންތައް ކުރުންހުއްޓާލާ! ލޮބުވެތި ރައީސް އަށް ފުރައްސާރަ ވާގޮތައް މީހުން ކަންކަން ކުރުން މަދުކުރެވި ތާއީދު ނުގެއްލޭނީ އޭރުން! ވަރަށް ވެދުން.
19 މާރޗް 2018 | ހޯމަ 17:25
Mode
Uvaalaafa sifainaa fuluhun fonuvan feney. Eyrun sarukaaruge baarudasha rahtha gos dharubaaru faction in beynunvaa gotha kankan kureveyne