ކ. މާލެ
|
19 މާރޗް 2018 | ހޯމަ 16:17
ގާނޫނީ ވަކީލު ހިސާން ހުސައިން
ގާނޫނީ ވަކީލު ހިސާން ހުސައިން
ރާއްޖެއެމްވީ
ހިސާން ހުސައިން
ޤާނޫނީ ވަކީލު ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:30 އަށް
ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނޭ
އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލެއް

ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާނޫނީ ވަކީލު ހިސާން ހުސައިންއަށް އަންގައިފިއެވެ.

މިއަދުގެ ހަވީރު 4:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ހިސާންއަށް އަންގާފައިވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އެއީ ކޮން މައްސަލައެއްތޯ ސާފުކުރުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ހިސާން އަކީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން، ސިޔާސީ އިސް ފަރާތްތަކުގެ މައްޗަށް ހިންގާ ޝަރީއަތްތަކާއި ތަހުގީގުތަކުގައި ހިސާން ގެންދަވަނީ ވަކީލެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް