ކ. މާލެ
|
19 މާރޗް 2018 | ހޯމަ 16:27
އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ގޫގުލް
މަގޭ ރިޕޯޓް
މިއީ ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއް!
 
ކޮންމެ އަނިޔާ އަކާއިއެކު ރާއްޖެޓީވީ އާއި ރާއްޖެޓީީވީގެ މުވައްޒަފުންނަށް އޮތް ލޯބި ދަނީ އިތުރު ވަމުން
 
އިންޓެލިޖެންސް ރިޕޯޓް ރައްޔިތުންނަށް ފެންނަނީ ޖޯކެއްގެ ގޮތުގައި
 
މި އިންޓެލިޖެންސް ރިޕޯޓެއްގެ ޝިކާރައަކަށް މިފަހަރުވެފައި ވަނީ ރާއްޖެޓީވީގެ ދެ މުވައްޒަފުން

ތިމާ ހިތްނުރުހޭ މީހަކު ނައްތާލަން ބޭނުންވުމުން، ނުވަތަ އެމީހަކާ ދެކޮޅަށް ހެއްކެއް ނުފެނުމުން، އެ މީހަކު ހައްޔަރުކުރީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްތޯ ގާޒީ ސުވާލު ކުރާ ކޮންމެ ފަހަރަކު ދިވެހި ފުލުހުންގެ މުއައްސަސާ އިން ބޭނުންކުރާ ބޮޑު ފަރުވާއަކީ އެ ބުނާ އިންޓެލިޖެންސް ރިޕޯޓެކެވެ. ތާހިރު ދިވެހި ބަހުން ބުނާނަމަ ޖާސޫސީ ރިޕޯޓެވެ. މި ބޮޑު ރިޕޯޓުގައި ވަނީ ކޮންކަންތައްތަކެއް ބާވައޭ ހިތަށް އަރައެވެ. މިވަރުގެ ރިޕޯޓެއް ބަލާލަން ހިތްވެސް އެދެއެވެ.

މިހެން ހިތަށް އަރަންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއީ އެ ބުނާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ނުހައްޤުން ޖަލަށް ލެވި، ޖަލުގައި ދުވަސްތައް ވޭތުކުރަމުންދާ އެތައް ބަޔަކު ތިބީތީއެވެ. މި އިންޓެލިޖެންސް ރިޕޯޓެއްގެ ޝިކާރައަކަށް މިފަހަރުވެފައި ވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމެވެ. އެ ބުނާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ވިސާމާއި އާމިރުގެ މައްޗަށް ކޮށްފައިވަނީ ކުށެއް ކުރަން އުޅުމާއި، ޝަހްސު އޮޅުވާލުމާއި، ކުށުގެ އަމަލެއް ދޭހަވާ ކަމަކަށް ހިތްވަރު ދިނުމާއި، މިފަދަ އެތައް އެތައް ތުޙުމަތުތަކެކެވެ. މި ތުހުމަތުތައް ހަމަ ހަޤީޤަތުގައިވެސް ސިފަވަނީ ބޮޑު ޖޯކެއް ގޮތަށެވެ.

ފުލުހުންގެ އަމަލުތައް ހުންނަ ގޮތާއި އަމަލުކުރާ އިޖުރާއަތް، ދެއިރު ދެދަޅައަށް ބަދަލުވަމުންދާތީ، ވިސާމާއި އާމިރުގެ މައްޗަށް ފުލުހުން މިކުރަނީ އެ މީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ތުހްމަތެއްކަން ގަބޫލުކުރާ މީހުން ގިނައެވެ. އަދި އާމިރާއި ވިސާމަކީ ކާކުކަން އެނގޭ މީހުންނަށް، އެ ދެ މީހުން ގާނޫނާ ޚިލާފަށް ފުލުހުންގެ ވީޑިއޯއެއް ނުއުފައްދާނެކަން ކަށަވަރުވެއެވެ.

އާމިރާއި ވިސާމް ހައްޔަރުކުރީ، ރާއްޖެ ސިޔާސީ ރޯނުއެދުރުންތަކެއް ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް އިންޒާރު ދިންތާ މާ ގިނަ އިރެއް ނުވަނީހެވެ. ހީވާ ގޮތުން ފުލުހުންގެ ކޮމާންޑު އޮތީ މި ބުނާ ރޯނުއެދުރުންގެ އަތުގައެވެ. ފެންނަ ފެނުމަށް ރާއްޖެޓީވީއަށް ރައްޔިތުންގެ ހިތުގައި އޮތް ލޯބާއި، ގެންނަހާ ފަރިވަޅު ފެނިފައި އެވެރިންގެ ހިތަށް ހަމަ ކެތް ނުވަނީއެވެ. އަދި މިހާތަނަށް ޖެހި ހުރިހާ މަޅިއަކުން ރާއްޖެޓީވީ ސަލާމަތްވެފައިވާތީ، ވަރުގަދަ ލަނޑެއް ދިނުމުގެ ވިސްނުން ދިޔައީ ތިލަކުރަމުންނެވެ. ރާއްޖެ ޓީވީ ބަންދުކުރުމުގެ ވާހަކަ ދިޔައީ ދައްކަމުންނެވެ.

އެންމެ ފަހުން މި ވަނީ ރާއްޖެ ޓީވީގެ އަގު ވައްޓާލުމަށް ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ދެ ނޫސްވެރިޔަކު ހައްޔަރުކޮށް ޖަލަށް ލައިފައެވެ.

އެބުނާ ބަޔަކު މީގެ ކުރިންވެސް ރާއްޖެޓީވީއަށް އެތައް ގެއްލުމެއް ދީފިއެވެ. ރާއްޖެޓީވީ އަންދައި އަޅިޔަށް ހަދާލިއެވެ. މަރުގެ ހަމަލާ ދިނެވެ. އިންޒާރު ދިނެވެ. ތަކެއްޗަށް ބޮޑެތި ގެއްލުން ދިނެވެ. އަސުރުމާ ކޮމިޝަނުން ވަނީ ބޭއިންސާފުން ބޮޑެތި އަދަދުތަކުން ރާއްޖެޓިވީ ޖޫރިމަނާތައް ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް މި ސްޓޭޝަން ސަލާމަތް ވެގެން ދަނީ ދިވެހިރައްޔިތުންގެ ހެޔޮ ދުއާގެ ސަބަބުންނެވެ.

ދިވެހިރައްޔިތުންނާއި ރާއްޖެ ޓީވީއާ އޮތް ދެމެދު ހިތާއި ހިތުގެ ގުޅުމަކީ ބިރު ދައްކައިގެން، ހުރަގެއަށް ލައިގެން، އަނދަގޮނޑި ޖަހައިގެން ހީނަރުކޮށްލެވޭނެ ގުޅުމެއް ނޫނެވެ. މިފަދަ ކޮންމެ އަނިޔާއަކުން ލިބެނީ ދިރުމެވެ. ލިބެނީ ޝަރަފެވެ. ހައްގުގެ މަގުގައި ތިބެ ރާއްޖެޓީވީގެ ނޫސްވެރިން ސާބިތުކަމާއެކު ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން އޮހެމުންދަނީ ތައުރީފެވެ. އެހެންވެ، ބޭއިންސާފު ތުހްމަތަކުން، އުފައްދާ ނަފުރަތަކުން އިރާދަކުރެއްވީތީވެ ދެރައެއް ނުލިބޭނެއެވެ.

ކިތަންމެ ވަރަކަށް އިންޓެލިޖެންސް ރިޕޯޓް ހެދިޔަސް ރައްޔިތުންނެއް ތިޔަކަށް ނުހެއްލޭނެއެވެ. ތިޔަ އިންޓެލިޖެންސް ރިޕޯޓްތައް ރައްޔިތުންނަށް ފެންނަނީ ބޮޑެތި ޖޯކުގެ ގޮތުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
7%
0%
20%
0%
73%
ކޮމެންޓް
ގުޅުންހުރި
މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް