ކ. މާލެ
|
19 މާރޗް 2018 | ހޯމަ 12:45
ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން
ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން
މުރުޝިދް އަބްދުލް ހަކީީމް
ހަސަން ސައީދު
ހަސަން ސައީދުގެ ޝަރީއަތް ސިއްރުކޮށް، އެންމެ ފަހުން ކެންސަލްކޮށްފި
ޝަރީއަތް ކެންސަލް ކުރި ސަބަބެއް ނުބުނޭ
ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ ވަނީ އުފުލާފައި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ މައްޗަށް އުފުލާފައިވާ ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު, ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ހަސަން ސައީދުގެ ޝަރީއަތް ކުރިިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެން ކަމަށާއި އެ އަޑުއެހުމަށް އާންމުންނަށާއި މީޑިއާތަކަށް ވެސް ނުވަދެވޭނެ ކަމަށެވެ. ހަސަން ސައީދުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު  1:00 އަށެވެ. އޭނާގެ ޝަރީއަތް ކެންސަލް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.

ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކުރާ ތުހްމަތު މައްސަލައެއްގައެވެ. ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތްކުރި އިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށް ބުނެއެވެ. ސިޔާސީ ބައެއް ލީޑަރުން ހިމެނޭ ގޮތައް ގިނަ ބޭފުޅުންތަކެއް ދޫކޮށްލަން މި ދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ފުލުހުން ވަނީ ހަސަން ސައީދު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ. އަދި ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތް ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ހަސަން ސައީދުގެ މައްޗަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދިނުމުގެ ތުހްމަތުކޮށް ކިތާބީ ހެކި ހުރި ކަމަށް ވެސް ފުލުހުން ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް