ކ. މާލެ
|
19 މާރޗް 2018 | ހޯމަ 12:32
އެމްއެންޑީއެފް ކޯސްޓްގަރޑް
އެމްއެންޑީއެފް ކޯސްޓްގަރޑް
އެމްއެންޑީއެފް
މަސް ދޯންޏެއް ހޯދަނީ
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި
މިދޯނީގެ ޚަބަރެއް އެންމެ ފަހުން ލިބިފައި ވަނީ އާދިއްތަ ދުވަހު ހަވީރު
މި ދޯނީގައި 25 ދިވެހިން ތިބި
މިއީ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 9:20 ހާއިރުއެވެ.

ސ. މަރަދޫ އިން މިދިޔަ ހުކުރު ދުވަހު ހަވިރު 6:00 ގައި މަހަށް ފުރި "ކޮންކޯޑް" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ސެޓްލައިޓް ފޯނުން އާދިއްތަ ދުވަހުގެ ހަވީރު 18:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފަހު ދަތުރުކުރަމުން ދާކަމަށް، މި ދޯންޏާ ގުޅުން ހުރި މީހެއްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ދިގުމިނުގައި 108 ފޫޓު ހުންނަ މިދޯނީގައި 25 ދިވެހިން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިއުޅަނދާ ބެހޭ މަޢުލޫމާތެއް ލިބިއްޖެ ނަމަ އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާ ކުރުމަށް އެއިދާރާ އިން ވަނީ އަންގާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް