ކަރަންޓްގައި ޖެހިގެން ބިދޭސީއަކު މަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓްގައި ޖެހިގެން މަރުވީ، އިތާފުށީ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ 41 އަހަރުގެ، އިންޑިއާގެ ރައްޔިތެކެވެ.
އައިޖީއެމްއެޗުން ބުނީ އެމީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ، އާދިއްތަ ދުވަހުގެރޭ 7.45 ހާއިރު ކަމަށެވެ. އަދި ގެންދިޔައިރުވެސް މަރުވެފައި ވާކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިތާފުއްޓަކީ އަންނަ އަހަރު ހުޅުވުމަށް ތަރައްގީކުރަމުން އަންނަ ރަށެކެވެ. އެ މީހާ ކަރަންޓްގައި ޖެހުނީ ކިހިނެއް ކޮން މަސައްކަތެއްގައި އުޅެނިކޮށް ކަން ވަނީ ސާފުވާގޮތް ނުވެފައެވެ.