ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 09:16
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
އޭއެފްޕީ
ރައީސް ނަޝީދު
ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު
 
އެމަނިކުފާނުގެ ހިތްވަރު އެދުވަހުވެސް ފެނުނު

ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ފެށި ދަތުރުގައި ރައީސް މުހައްމަދު ނަޝީދު ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު 2005 ވަނަ އަހަރުގެ އެޕްރީލް މަހުގައި ރާއްޖެވަޑައިގަތެވެ. އެމަނިކުފާނު ރާއްޖެވަޑައިގަތުމާއެކު ހައްޔަރު ކުރާނެ ކަމަށާ އެއާރޕޯޓުން ވަޑައިގަންނަވަންޖެހޭނީ ޖަލަށް ކަމަށް ވިދާޅުވި ކިތަންމެ ބަޔަކު މިރާއްޖޭގައި ތިއްބެވެ.

އެހެން ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެން މުޅިމާލޭގައި ފައިމަގުގައި ހިންގެވިއެވެ. ފުލުހުންގެ އިދާރާ ކުރިމަތިން ވަޑައިގަތެވެ. މުޅިމާލޭގައި އޭރު އެ ހިންގެވީ ސަބަބެއް ގިނަ ބަޔަކަށް ސާފެއް ނުވާނެއެވެ. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމަނިކުފާނު މުޅިމާލޭގައި އެހިންގެވީ އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ފުލުހެއް މިގައުމުގައި އެދުވަހު ނެތްކަން ސާބިތު ކޮށްދެއްވުމަށެވެ. ރަގަޅެވެ. އެދުވަހަކު އެމަނިކުފާނު ހިފާ ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައުންނެވެ. އެޔަގީންކަން އެމަނިކުފާނަށް ދީފައިވަނީ އެފަރާތްތަކުން ކަމަށް ލަފާކުރެވެއެވެ.

އޭރު ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގެ ޗެއަރޕާޝަންގެ މަގާމުގައެވެ. އޭރަކު މިރާއްޖެއަކު އެމްޑީޕީ ރަޖިސްޓްރީކޮށްފައެއް ވެސް ނެތެވެ. އޭރު ޕާޓީގެ ވަލީކޮމެޓީގެ ބައްދަލުވުން އޮންނަނީ ގ. ބެންބޫގައެވެ. އެގޭގައި އޮންނަ ބައްދަލުވުންތަކުގައި ވެސް ދައްކާއުޅެނީ ސިޔާސީވާހަކަތަކެވެ. ގައުމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުވެރިކަން އޮތް ނަމަވެސް އެމަސައްކަތުގައި ކެރިގެން އުޅުނު އެންމެން ވެސް ރައީސް ނަޝީދުގެ ހިތްވަރުފުޅާ ޖެހިލުން ކުޑަކަން ފާހަގަ ކުރެއެވެ.

ދުންފިނިގޭގައި ހަރުގެ ހެދުމަށް ތަކެތި އެއްކުރުމަށް  ބާޒާރުމަތީ ފިހާރަތަކަށް ރައީސް ނަޝީދު އޭރު ވަޑައިގެން އުޅުއްވިއެވެ. އަޅުގަނޑު ހަނދާންބަލި ނޫންކަމަށް ވާނަމަ ސަތަރިއާ ދަގަނޑުހޮޅިފަދަ ތަކެތި ހަމަކުރެއްވުމަށް ސީދާ އެމަނިކުފާނު މީހުންގެ ގާތަށް ވަޑައިގަތެވެ. ދުންފިނި ހަރުގޭގައި ޕާޓީގެ ގޮފިތައް ހަދައި ޕާޓީ ހިންގައި ގަތުމުގެ މަސައްކަތް ފެށުނު އިރު ގޮފިތައް އެކުލަވާލާނެ އުސޫލު ލިޔެ ހެދުމުގައި ހަރަކާތްތެރިވި ތިން ބޭފުޅެއްގެ ނަން ފާހަގަ ކޮށްލާނަމެވެ. އެއީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ، ކުރީގެ ވަޒީރު މަހުމޫދު ރާޒީ އާއި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާޝަންގެ މަގާމުގައި މިހާރު ވެސް ހުންނެވި ހާމިދު އަބުދުލް ގަފޫރެވެ. ފުރަތަމަ ހަރުގޭގައި ބެހެއްޓުމަށް 2 މޭޒު ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިޔަކު ހަދިޔާ ކުރެއްވުމުން އެ މޭޒުތަކުގައި މަސައްކަތް ފެށުނު އިރު މޭޒުތައް ބެހެއްޓިފައި ހުންނަނީ ބިންމަތީގައި ވެލިގަނޑުގައެވެ.

ހަރުގޭގައި ޖަލްސާތައް ބޭއްވުމުގެ ކުރިން " މިނިވަން" ނަމުގައި ދުވަހުނޫސް ނެރެން ފެށުނެވެ. އެނޫހުގެ ފުރަތަމަ އަދަދަށް ވެސް ރައީސް ނަޝީދު ލިޔުއްވިއެވެ. އަޅުގަނޑު ހަނދާން ހުންނަ ގޮތުގައި ފުރަތަމަ ދުވަހުވެސް 5000 ކޮޕީ ވިކި ހުސްވިއެވެ. ބިރެއްނެތި ސަރުކާރަށް ފާޑު ކިޔާ ލިޔުންތައް ލިޔުއްވަން ރައީސް ނަޝީދު ހިތްވަރު  ދެއްވަމުން ވަޑައިގަތީ ނަތީޖާ ލިބޭނީ މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވެއެވެ.

ހަރުގޭގައި އޮތް ޖަލްސާތަކުގައި ޚުދު ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ކެރިވަޑައިގަތުމުން ދެން ތިބި އެންމެހާ ފަރާތްތައް އެ މޭރުމުން ސަރުކާރަށް އިންތިހާއަށް ފާޑުކިޔަމުން ދިޔައެވެ. ދެން އައީ މަގުމަތީ ހަރަކާތްތަކެވެ. އެއްވެއުޅުމުގެ ހަރަކާތްތަކެވެ. އެކަމުގައި ވެސް ފުލުހުންގެ ހައްޔަރަށް ދިޔުމަކީ ޖެހިލުންވާން ޖެހޭނެ ކަމެއް ނޫން ކަމަށާ ކަންކަން އިސްލާހު ކުރެވޭނީ ފުލުހުންގެ ހައްޔަރަށް ގޮސްގެން ކަމަށް އޭރު ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދެއްވައިފައެއް ނުވެއެވެ. ބައެއް އެއްވުންތަކުގައި ލިބޭ ނަތީޖާ އަކީ ކާމިޔާބެއް ގޮތުގައި ނުފެނުނަސް އަނެއް ފަހަރު އެމަނިކުފާނު މަގުމައްޗަށް ނިކުންނެވީ އުންމީދެއް އަމާޒެއް އޮވެގެންނެވެ. މާޔޫސް ކަމެއް ވަރުބަލި ކަމެއް އެމަނިކުފާނުގެ މޫނުފުޅުން އެދުވަހު ވެސް ފެނިފައެއް ނެތެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ވެސް އުންމީދާއެކު ކުރެއްވި މަސައްކަތްޕުޅަކުންނެވެ. ވެރިކަމުގައި މިއަދު ނެތް ނަމަވެސް އެވިދާޅުވަނީ " އުންމީދާއި އެކު މަސައްކަތް" ކުރުމަށެވެ. ވެއްޓޭ ކޮންމެ ފަހަރަކު އަލުން ތެދުވެ ދުއްވައިގަތުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
25%
25%
0%
ކޮމެންޓް
20 މާރޗް 2018 | އަންގާރަ 18:18
ހ މ ޒ
ކުއްލި ހާލަތައް ފަހު ދެން ކަންތައް ކުރާނެ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނަން؟
20 މާރޗް 2018 | އަންގާރަ 17:43
ހ މ ޒ
!ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ވާހަކަދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން
20 މާރޗް 2018 | އަންގާރަ 11:11
ަގޮވާލަން
އިސްލާމް ދީން ނޫން އެހެން ދީނެއްނުވާކަމަށާއި، މާތްވެގެންވާ އިސްލްދީނުގައި މާތްﷲ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމާއި، ބާޠިލު ދީންތައް ރާއްޖެއަށް ގެންނަން އެއްވެސް ބަޔަކު ކުރާ މަސައްކަތައް މިރާއްޖޭގައި ޖާގަދެވިގެން ނުވާނެކަމަށް. އަދި އެންމެން ތިބޭނީ ތައްޔާރަށް އިސްލާމް ދީނުގެ ދިފާޢުގައި!؟
20 މާރޗް 2018 | އަންގާރަ 06:03
ހ މ ޒ
އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ދިވެހި ފަސްގަނޑުގައި އެއްވެސް ޖާގައެއް ނެތްކަމަށާއި، އިސްލާމްދީން ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެންމެހާ ދިވެހި ރައްޔިތުން!