ކ. މާލެ
|
19 މާރޗް 2018 | ހޯމަ 09:26
ފާރިސް މައުމޫން، ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗްގައި ފަރުވާ ހޯދުމަށް ގެނައި ވަގުތު
ފާރިސް މައުމޫން، ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗްގައި ފަރުވާ ހޯދުމަށް ގެނައި ވަގުތު
ޓްވިޓަރ
އަހުމަދު ފާރިސް މައުމޫން
ކުއްލި ގޮތަކަށް، އަނެއްކާ ވެސް ފާރިސް އައިޖީއެމްއެޗަށް ގެނެސްފި
ފާރިސް މައުމޫން އައިޖީއެމްއެޗަށް ގެނައިއިރު، އެކަން އާއިލާ އަށް ވެސް އަދި ވަކީލުންނަށް ވެސް އަންގާފައެއް ނުވޭ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުއްލި ގޮތަކަށް އަނެއްކާ ވެސް އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފިއެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފާރިސް މައުމޫން އައިޖީއެމްއެޗަށް ގެނައި އިރު، އެކަން އާއިލާ އަށް ވެސް އަދި ވަކީލުންނަށް ވެސް އަންގާފައެއް ނުވެއެވެ. އަދި އައިޖީއެމްއެޗަށް ފާރިސް ގެނެވުނީ ކީއްވެ ކަމެއް ވެސް ކަށަވަރުވާ ގޮތްވެފައެއް ނުވެއެވެ. 

ފާރިސް މައުމޫން އައިޖީއެމްއެޗްގައި ހުންނެވި ފޮޓޯއަކާ އެކު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ފާރިސް މައުމޫން ވަނީ ރަހީނުކުރެވިފައިތޯ ސުވާލުކުރައްވާފައެވެ. އަދި މޫނު ނިވާކޮށްގެން ތިބި އެހާ ގިނަ ފުލުހުންތަކެއް ފާރިސް ވަށާލައިގެން ތިބެނީ ކީއްވެތޯ ވެސް ޔުމްނާ ސުވާލުކުރައްވާފައިވެއެވެ. 

އޭގެ އިތުރުން އެހާ ސިއްރުން ފާރިސް މައުމޫން ހޮސްޕިޓަލަށް ގެންނަނީ ކީއްވެތޯ ވެސް ޔުމްނާ ސުވާލުކުރައްވާފައި ވެއެވެ. 

ފާރިސް މައުމުން އަނެއްކާ ވެސް ހޮސްޕިޓަލަށް ގެނެސްފައިވާއިރު، ފާރިސް މައުމޫނާ އިންޓަވިއު ކުރަން ކަމަށް ބުނެ ބިޑި އަޅުވައިގެން ގަދަކަމުން އޭނާ އިއްޔެ ގޮޅިން ނެރުނު ކަމަށާއި، އެކަމުގެ ސަބަބުން ފާރިސަށް އަނިޔާވެފައިވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. އަދި އެކްސްރޭއެއް ނެގުމަށް ފާރިސް މައުމޫން ރޭގެ ވަގުތެއްގައި ވެސް ހޮސްޕިޓަލަށް ގެނެސްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 މާރޗް 2018 | ހޯމަ 06:51
ހައްވަ
ރާގޮނޑި ރާޖާ ހިތްނުރުހޭ އެންމެން ބަޑިޖަހާ މަރާލަން ޖެނެރަލް ޝިޔާމަށް އަންގާ!
19 މާރޗް 2018 | ހޯމަ 04:53
އަވައްޓެރި
!ދެރަކަމެއް