ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 22:33
މިދިޔަ ހުކުރުދުވަހު މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވާފައި. ފޮޓޯ:ރާއްޖެއެމްވީ
މިދިޔަ ހުކުރުދުވަހު މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވާފައި. ފޮޓޯ:ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ހުއްޓުވާ މުޒާހަރާ
ފާއިތުވި ދެ ދުވަހުގެ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ތިބީ ފަސް މީހުން: ޕޮލިސް
ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރީ 141 މީހުން
ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރީ 15 މީހުން

ފާއިތުވި ދެ ދުވަސް ތެރޭގައި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ތިބީ ފަސް މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ތެރެއިން 141 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ބަންދުގައި ތިބީ ހަތަރު މީހުން ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާތެރެއިން ހައްޔަރު ކުރީ 15 މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ އެންމެން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެހެންމެ ދޫކޮށްނުލާ ހުރި މީހަކީ ފުލުހުންނަށް އިންޒާރުދީފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މުޒާހަރާގެ ތެރެއިން މީހަކާ ފުލުހުން ކުރިމަތިލާ ދުރައްޖެއްސުމަށް މަސައްކަތް ކުރަނީ: ފޮޓޯ:-ރާއްޖެއެމްވީ

އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކުވެސް ސިލްސިލާ ގޮތެއްގައި މާލޭގެ އެކި މަގުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާ ކުރާ ގިނަ ބަޔަކު ގޮވާލަމުން ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށާއި އަނިޔާވެރިކަން ހުއްޓާލުމަށެވެ. ފުލުހުން މުޒާހަރާ ހުއްޓުވާނެ ކަމަށް ބުނި ނަމަވެސް އާންމުން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާ ހުއްޓައެއް ނުލައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް