ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 19:39
ފުލުހުން އިބޫ މަޖިލިސް ތެރެއިން ނެރެގެން ގެންދަނީ
ފުލުހުން އިބޫ މަޖިލިސް ތެރެއިން ނެރެގެން ގެންދަނީ
އަޒުމޫން އަހުމަދު
އިބޫ ހައްޔަރު ކުރުން
މެންބަރު އިބޫ ބަންދު ކޮށްފައިހުރީ އެސްއޯއީގެ ދަށުން
އިބޫ ހައްޔަރުކުރީ ހުކުރު ދުވަހުގެރޭ
ދުވަހުން ދުވަހަށް އިބޫ ބޭނުން ކުރައްވަންޖެހޭ ބޭސް ރައްދު ނުކުރެވި ލަސްވުމުގެ ކަންބޮޑުވުން އާއިލާއިން ހާމަކުރޭ
އިބޫއަކީ ގުޅިފައިވާ ޕާޓީތަކުގެ އެންމެ އިސް އެއް ލީޑަރު

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕިގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ހައްޔަރުކޮށްފައި ހުރީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމަށް ފުލުހުން ކަނޑައަޅާފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިބޫގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ އިބޫއާ އާދީއްތަ ދުވަހު ބައްދަލު ކުރެވުނު ކަމަށާއި އިބޫ ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުން ކަމަށް ޔަޤީންވީ އެބައްދަލުވުމުން ކަމަށެވެ.

ގަދަބާރުން ވެރިކަން ދަމަހައްޓަން ކުރާ ކަންކަމާ ދެކޮޅަށް މިމަހުގެ 16 ވަނަ ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން އިބޫ ހައްޔަރުކުރީ ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ. އެރޭ ފުލުހުން ފުރަތަމަ ބުނީ އެކަހެރި ކުރެވިފައި ހުރީ ކަމަށެވެ. ނަމަވެސް ފަހުން ހައްޔަރުކުރިކަން އަންގާފައިވާއިރު ހައްޔަރުކުރީ އެސްއޯއީގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ

އެއާއެކު ދާއިމީ ބައްޔަކަށް ބޭސް ބޭނުން ކުރައްވާ އިބޫއަށް ބޭނުންވާ ބޭސް އާއިލާއިން އެރޭ ފޯރުކޮށްދިން ނަމަވެސް 12 ގަޑިއިރު ވެގެން ދިޔައިރު ވެސް އެބޭސް އިބޫއާ ހަވާލު ކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން އާއިލާއިން ފާޅުކޮށްފައި ވެއެވެ.

އިބޫއަކީ ގުޅިފައިވާ ޕާޓީތަކުގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ހުރިހާ ޕާޓީތަކުގެ މެންބަރުންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އިބޫއަކީ ގުޅިފައިވާ ޕާޓީތަކުން ސަރުކާރަށް ރަސްމީކޮށް ކަންކަމުގައި ވަޑައިގަންނަވާ އެންމެ އިސް އެއްބޭފުޅާއެވެ. އަދި އިބޫއަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އެންމެ ގިނަ ދުވަސްވީ އެއް މެންބަރުވެސް މެއެވެ.

ހުކުރު ދުވަހުގެރޭ ހައްޔަރު ކުރިގޮތަށް އަދިވެސް ހުންނެވީ ދޫނިދޫ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް