ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 15:31
ފަތުވާ މަޖިލީހުގެ ރައީސާއި މެންބަރުން
ފަތުވާ މަޖިލީހުގެ ރައީސާއި މެންބަރުން
އިސްލާމިކް މިނިސްޓްރީ
އީޔޫ ޤަރާރު
އީޔޫގެ ގަރާރާ ގުޅިގެން ފަތުވާ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި
ދީނީ މިނިވަންކަމަށް ފުރުސަތެއް ނުދެވޭނެ
އީޔޫގެ ބަޔާން ކުށްވެރިކުރަން

ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު ގަރާރުގައި އިސްލާމް ދީނާއި ދެކޮޅު ކަންކަން ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މިގައުމުން ޖާގައެއް ނުލިބޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފަތުވާ ކޮމިޓީގެ ރައީސް ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ވަނީ އިސްލާމް ދީނުގައި އެއްޖިއްސުން ގުޅުން ހިންގުން މަނާކޮށްފައިވާ އިރު، އިސްލާމްދީން ނޫން އެހެން ދީންތަކަކީ ބާތިލް ދީން ތަކެއް ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވާ މުހައްމަދު ރަޝީދު ވަނީ އިސްލާމީ ތާރީހުން އެއް ޖިއްސުން ގުޅުން ހިންގި މީހުންނަށް ކުރިމަތިވި ކަންކަމާއި ދީނީ ކަންކަމަށް ކިޔާދީފަ އެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމްދީން އޮންނަތާ 891 އަހަރު ވެގެންދިޔަ އިރު، ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މިގައުމުގެ ހުރިހާ ފަރާތްތަކެއްގެ ވާޖިބުކަމަށާއި އެފަދަ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

ފަތުވާ މަޖިލީހުގެ މެންބަރު ޝެއިހު މޫސާ އަންވަރު ވިދާޅުވީ އިސްލާމްދީނާ ހިލާފު ކަންކަމަށް އަމަލު ކުރުމަށް އީޔޫގެ ގަރާރުގައި ގޮވާލާފައިވާ އިރު އީޔޫގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދީނީ މިނިވަންކަން ދޭ ބައެއް ނޫން ކަމަށެވެ. އެގައުމުތަކުގައި ދީނީ ޝިއާރުތައް ފާޅު ކުރުމުގެ މިނިވަންކަމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނުގެ މައްޗަށް އެއްވެސް އިތުރު އެއްޗެއް އިސް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު އެހެން ދީންތަކަށް މިގައުމުގައި ފުރުސަތު ދީފިކަމުގައިވާ ނަމަ އިސްލާމްދީނުގެ މައްޗަށް އެހެން ކަމެއް އިސްކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޔޫގެ ގައުމުތަކުން ބޭނުންވަނީ މިގައުމުން އިސްލާމްދީން ފޮހެލާ، އެމީހުން ބޭނުންވާ ކަންކަން މިގައުމުގައި ކުރިއަށްގެންދިއުމަށް ކަމަށާއި އެފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރަންޖެހެނީ. ގައުމަށް ކުރިއެރުން ލިބޭނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކޮށްގެން،" އަންވަރު ވިދާޅުވި އެވެ.

ފަތުވާ ކޮމިޓީއިން އީޔޫގެ ޤަރާރާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރިއިރު، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް އޮންނަން ޖެހޭނެކަމަށް އެޤަރާރުގައި ބުނެފައެއް ނުވެއެވެ، އަދި އެއްޖިންސުން ގުޅުން ހިންގާ ވާހަކަ އެއްވެސް މިންވަރަކަށް އެ ބަޔާނުގައި ނެތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
18 މާރޗް 2018 | އާދީއްތަ 12:26
މޮޔަމީހާ
ދިވެިހިރާއްޖޭގެ މިހާތަނަނށް އެއްބަސްވެފައިވާ ހުރިހާ ބައިނަލް އަގްވާމީ މުއާހަދާތަކުގައިވެސް އިސްލާމް ދީނާ ދެކޮޅު ވަރަށް ގިނަކަން ކަންހުރި އެކަމަކު ސޮއިކުރި ކީއްވެ؟..... އެ އިސްލާމް ދީނާ ހިލާފް ކަންކަން އުނިކޮށޮފައި... މިގަރާރުގައި ވެސް ހުރި އިސްލާމް ދީނާ ހިލާފް ކަންކަން ދޫކޮށް.... ދިވެހިރާއްޖޭގެ ގާނުނުގައި ބުނެވިފައިވާ ކަންކަން ކުރަންޖެހޭ
18 މާރޗް 2018 | އާދީއްތަ 11:31
މަރިޔަބު
ފަތުވާ ކޮމިޓީ އަށް މިޤައުމުން ފެންނަނީ ހަމަހުސް ދީނީ ކަންކަން ދޯ؟ މިސާލަކަށް ވެރިމީހާ ސުރަފެއަށްދާން ޕްރެކްޓިސް ކޮށްލަން ދަޢުވަތުދިނުން، ހަލާލޭއް ހަރާމެއް ބެލުމެއްނެތި ފައިސާ ރަގަޅުޢަދއދެއް ވިއްޔާ އޯކޭ ވުން،ކޮރިސްމަސް ދުވަހާއި ކުރިސްޓިއަނުންގެ އާހަރު ޤައުމީފެންވަރުގަ އިއްޒަތްތެރިން ނާއިއެކު ފާހަގަކުން، ދިވެހިޤައުމު ތިބުނާ އެހެން ދީނުގެ ފަރަންޛީން ނަށް ވިއްކާ އަދި އެވިއްކީ ކޮންތަނެއްކާކަށް ކަން ނޭގޭވަރަށް ކޮރަޕްޝަން ޢާންމުވުން މީންކމަކާ ބަހެއ ބުނާ ހަމަކޮންމެ މީހަކީ ޓެރަރިސްޓަކަށްވުން މީތޯ އިސްލާދީން ކުރިއެރުވޭ ގޮތަކީ... ތިބުނާ އީޔޫ ޤަރާރުގް އެއްޖިއްސުން ގުޅުން ހިންގަން .. ހުއްދަދޭވާހަކަ އޮތްތޯ އެންމެފަހަރަކުވެސް ބަލާ ލެއްވިން ތޯ
18 މާރޗް 2018 | އާދީއްތަ 10:54
މަރިޔަމް
މޮޔަފުޅު ނުވޭ އީ ޔޫ ގެ ގަރާޜޫ އިނގިރޭސި ބަސް ދަންނަބަޔަކު ލައްވާ ތަރުޖަމާ ކުރުއްވާ. އެގަރާޜުގައި އިސްލާމް ދީނޭ ކިޔާ އެއްވެސް ލަފުޒެއްނެތް. ތިބޭފުޅުން ހީނުކުރައްވާތި އަޅުގަނޑުމެން އިސްލާމް ދީނުގައި ތިބެނީ ތިބޭ ފުޅުންގެ ހައްގައް ޓަކައި ކަމައް.. ގަރާޜޫ ނެރެންޖެހުނީ ގައުމެއް މަދު މީސްކޮޅެއް ގަތިޔާޜާއި ޢޭކު ހައްޖަކުކޮށްގެން އުޅެތީ އިންސާނީ ކަރާމަތައްޓާކައި