ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 14:01
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭއެފްޕީ
ރައީސް ނަޝީދު
ހިތާމަ އިޝްގަށް ހައްދަވައި، އެލޯބީގައި ރާއްޖެ ސަލާމަތް ކުރައްވާ: ރައީސް ނަޝީދު
ހިތާމަ އިޝްގަށް ބަދަލުކޮށް، އެލޯބީގައި ގައުމު ސަލާމަތް ކުރަން ނިކުމެ ވަޑައިގަންނަވާ
ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި
ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކޮންމެ ދުވަހަކުވެސް އިހުތިޖާޖު ކުރަމުން

ރާއްޖޭގެ ރައްޔިތުންގެ ހިތާމަ އިޝްގަށް ހައްދަވައި، އެ ލޯބީގައި ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ގުޅިފަިއވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އޯޑިއޯ މެސެޖެއް ދިވެހި ރައްޔިތުންނަށް ރައްދުކުރައްވާފަ އެވެ. 

"ރާއްޖޭގެ ކިތައްމެ އާއިލާއެއްގެ ހިތާމައާއި އަސަރު، ދަތިތަކާއި އުނދަގޫތައް ހިފެހެއްޓުމެއް ނެތި އޮހެރެމުން އެއަންނަނީ ޓްވީޓަރ އަދި ސޯޝަލް މީޑިއާގެ ވެސް ޒަރީއާއިން. ސަލާމަތުން ތިއްބެވި މަދު ބޭފުޅުން ކޮޅެއްގެ ހިތުގެ ހާލިސްކަމާއިއެކު، އެކަނިވެރި އަނިޔާގެ ވޭނާއެކު ތިޔަބޭފުޅުންގެ ހާލުގެ ދޫތައް އަޑު ނީވޭނީ ކާކަށްތޯ. ހިތަށް ކުރާ އަސަރު، އަޅާ ވޭން އިންތިހާއަށް ބޮޑު. އެހެންނަމަވެސް ދަންނަވަންތޯ، ތިޔަ އަނިޔާ ތަހައްމަލު ކުރެވޭނެ. ތިޔަވޭނަކީ ތިޔަ ބޭފުޅުންގެ ހަޔާތުގެ އިޝްގަށް ހައްދަވާ. ހިތާމަ އިޝްގަށް ބަދަލުކޮށް، އެ އިޝްގުގެ ލޯބީގައި ތެދުވެވަޑައިގަންނަވާ. ދިވެހިރާއްޖެ ސަލާމަތް ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވިއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދާ، ފަހެއް ފެބްރުއަރީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. 

ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް އަސްކަރިއްޔާއިން ހިސޯރުކޮށް، ސަރުކާރުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ދަނީ އިތުރުވަމުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 މާރޗް 2018 | އާދީއްތަ 18:59
ހ މ ޒ
ކުއްލި ހާލަތައް ފަހު ދެން ކަންތައް ކުރާނެ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނަން؟
18 މާރޗް 2018 | އާދީއްތަ 09:36
ހ މ ޒ
ދުވަހަކުވެސް ޔަހޫދިންނާއި ނަސާރާއިން މުސްލިމުންނަކަށް ހެވެއްްނޭދޭނެކަމަށް ކީރިތި ގުރުއާނުގައިވެސް ބަޔާންކޮށްފައިވާ ކަމަށާއި، އެއީ އެ މީހުންގެ ދީނަށް މުސްލިމުން ތަބާނުވާތީކަމަށެވެ.
18 މާރޗް 2018 | އާދީއްތަ 09:33
ހ މ ޒ
ރާއްޖެއަކީ 100 އިންސައްތަ އިސްލާމް ގައުމެއްކަމަށްވާއިރު، ރާއްޖެއިން ބޭރުން އަންނަ ބަޔަކު އަޅުކަން ކުރުމަށްޓަކައި ފައްޅި ފަދަ ތަންތަން ބިނާ ނުކުރެވޭނެ ކަމަށެވެ.
18 މާރޗް 2018 | އާދީއްތަ 09:31
އުނދަގޫތައް
ބަޔަކު އަޅުކަން ކުރުމަށް ރާއްޖޭގައި ފައްޅިތައް ބިނައެއް ނުކުރެވޭނެ !