ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 13:52
ފުލުހުންގެ ބަންދުގައި ތިބޭ މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިދޫ ކަސްޓޯޑިއަލް
ފުލުހުންގެ ބަންދުގައި ތިބޭ މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިދޫ ކަސްޓޯޑިއަލް
ގޫގުލް
ދޫނިދޫ ޖަލު
ދޫނިދޫ ގޮޅިއެއްގެ ފުރާޅުން ޓިނު ނައްޓައިގެން ފިލި މީހަކު ހަތް މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
އޭނާ ފިލާފައިވަނީ ދޫނިދޫ ކަސްޓޯޑިއަލް އެރައިވަލް ގޮޅިން

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިދޫ ގޮޅިއެއްގައި ބަންދުކޮށްފައި ހުއްޓާ ގޮޅީގެ ފުރާޅުން ޓިނުގަނޑެއް ފޭކޮށްލައިގެން ފިލި މީހަކު ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. 

ދޫނިދޫ ކަސްޓޯޑިއަލް އެރައިވަލް ގޮޅީގެ ޓިނުގަނޑެއް ފޭކޮށް ލައިގެން ފިލުމުގެ ކުށް ސާބިތުވެ، ހުކުމް ކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއީލު އެވެ. 

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ދޫނިދޫ ކަސްޓޯޑިއަލް އެރައިވަލް ގޮޅީގައި ބަންދުކޮށްފައި ހުއްޓާ އެ ގޮޅީގެ މަތީގައި ޖަހާފައި ހުރި ޓިނުގަނޑެއް ފޭކުރުމަށްފަހު ނިކުމެގެން ފިލާފައިވާ ކަމަށެވެ. 

އެދައުވާއާއި ގުޅިގެން ޖިނާހު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އެދައުވާއަށް އިއުތިރާފުވެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް