ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 12:05
އާމިރު އަދި ވިސަމް ކްރިމިނަލް ކޯޓު ސަރަހައްދުގައި
އާމިރު އަދި ވިސަމް ކްރިމިނަލް ކޯޓު ސަރަހައްދުގައި
މުހައްމަދު ޝަރުހާން
އާމިރާއި ވިސާމުގެ މައްސަލަ
އާމިރާއި ވިސާމު ދޫނިދޫއަށް ބަދަލުކޮށްފި
ދެ މީހުންގެ ބަންދުގެ މުއްދަތަށް ވަނީ 10 ދުވަސް ޖަހާފައި
ޝަހްސު އޮޅުވާލުމުގެ ތުހުމަތުކޮށްފައިވޭ
ފުލުހުން ހަމައެކަނި ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓް

ހުކުރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމާއި ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމް ދޫނިދޫއަށް ބަދަލުކޮށްފި އެވެ.

ވިސާމާއި އާމިރު ދޫނިދޫއަށް ބަދަލުކޮށްފައިވާ އިރު އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހޮނިހިރު ދުވަހު 10 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ކަމަށެވެ. މުއްދަތު އިތުރުކުރެވިގެންދިޔައީ އިތުރު ހެއްކެއް އޮވެގެން ނޫން ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

ފުލުހުން އެދުނީ ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހައިދިނުމަށެވެ. އެހެން ނަމަވެސް ކޯޓުން ޖަހައިދިނީ 10 ދުވަހެވެ

ވިސާމާއި އާމިރު ހައްޔަރުކުރީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް އުފައްދައި ޔޫޓިއުބަށް އަޕްލޯޑްކުރި މައްސަލައިގަ އެވެ. މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް، ކުށެއް ކުރަން އުޅުމާއި ޝަހްސު އޮޅުވާލުމާއި ކުށުގެ އަމަލެއް ދޭހަވާ ކަމަކަށް ހިތްވަރު ދިނުމުގެ އިތުރުން އެހެން ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ. 

ވިސާމާއި އާމިރުގެ މައްޗަށް ވެސް ފުލުހުން ކޮށްފައި ވަނީ ދޮގު ތުހްމަތެއް ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފަ އެވެ. އަދި އެ ފަދަ ތުހްމަތެއްކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރީ ސްޓޭޝަންގެ ތަސައްވުރު ހަޑިކޮށް، ސްޓޭޝަން ބަންދުކުރުމުގެ ނިޔަތް އޮތް ބައެއްގެ ރޭވުމުން ކަމަށް ވެސް ރާއްޖެ ޓީވީން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް