ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 12:06
ފާރިސްގެ އަތުގެ އެކްސްރޭ ނެގުމަށް އައިޖީއެމްއެޗްއަށް ގެނެސްފައި
ފާރިސްގެ އަތުގެ އެކްސްރޭ ނެގުމަށް އައިޖީއެމްއެޗްއަށް ގެނެސްފައި
ޓްވިޓަރ
ފާރިސް މައުމޫން
ފާރިސްއަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި
މައްސަލަ ބަލަންފެށިކަން ވަކީލަށް ވަނީ އަންގާފަ
އެޗްއާރްސީއެމުން ފާރިސްއަށް ޒިޔާރަތްކުރިކަން ކަށަވަރެއް ނުވޭ
ފުލުހުންގެ ބަންދުގައި ހުއްޓައި ފާރިސްގެ އަތަށް ވަނީ އަނިޔާކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އެބޭފުޅާއަށް އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ބަލަން ފަށައިފިއެވެ.

ވަކީލަކާއި ނުލައި ތަޙުޤީޤަށް އެއްބާރުލުން ދެއްވުމަށް ފާރިސް ދެކޮޅު ހެއްދެވުމުން، ފާރިސްއަށް ފުލުހުން އަނިޔާކުރި މައްސަލަ ބަލަން ފަށާފައިވާކަން އެޗްއާރްސީއެމުން ވަނީ ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލްއަށް އަންގާފައެވެ.

އާދީއްތަ ދުވަހު ޝަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސްއަށް އަނިޔާކުރި މައްސަލަ ބަލަން ފަށާފައިވާކަން އެޗްއާރްސީއެމުން ވަކީލުންނަށް އެންގި ނަމަވެސް، މި މައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ފާރިސް އާއި ބައްދަލުކުރިކަން، ނުވަތަ ނޫންކަން އެ ކޮމިޝަނަށް ކަށަވަރުކޮށް ނުދެވުނު ކަމަށެވެ.

ޝަމީމް ކުރިން ވިދާޅުވީ، ވަކީލް ހާޒިރުވެ ނެތި ތަޙުޤީޤަށް ޖަވާބު ދެއްވަން ފާރިސް ދެކޮޅު ހެއްދެވުމުން، ފުލުހުންގެ ހަ އޮފިސަރަކު ގޮސް ގަދަކަމުން ފާރިސް ގޮޅިން ނެރުނު ކަމަށެވެ. ގަދަކަމުން ފާރިސް ނެރުމުގެ ތެރޭގައި ބިން މައްޗަށް ވެއްޓި ފާރިސްގެ އަތުގެ ކުޑަ ހުޅަށާއި ކޮނޑު ހުޅަށް އަނިޔާވެފައިވާ ކަމަށެވެ. ޝަމީލް އިތުރަށް ވިދާޅުވީ، ފާރިސްއަށް އަނިޔާކުރުމަށްފަހު ފަންކާއެއް އަދި އަލިކަމެއްވެސް ނެތް ގޮޅިއަކަށް ފާރިސް ބަދަލުކޮށްފައިވާ ކަމަށެވެ.

ފާރިސްއަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް، ހޮނިހިރު ދުވަހުގެރޭ އޭނާ މާލެ ގެނެސް، ހޮސްޕިޓަލަށް ގެންގިސް އެކްސްރޭތަކެއް ނަގާފައިވެއެވެ. ނަމަވެސް ފާރިސްގެ ފަރުވާ އާއި ގުޅޭ އިތުރު މަޢުލޫމާތެއް އިތުރު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރެއިން ފެށިގެން ފާރިސް ހުންނެވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 މާރޗް 2018 | އާދީއްތަ 08:36
ާާާެެެއިންސާފު
ބެލިޔަސް ވާނެ ކަމެއް ނޯނާނެ އެހެން ނޫންނަމަ ތިވަރުވެސް ނުވީސް