ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 09:08
ފާރިސް ދޫނިދޫއަށް ގެންދަނީ
ފާރިސް ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް މާލެ ގެނެސް ފަރުވާ ދީފި
ފާރިސް ގެނައީ އައިޖީއެމްއެޗަށް
ފާރިސްގެ އަތަށާއި ކޮނޑުހުޅަށް ވަނީ އަނިޔާވެފައި
ފާރިސްއަށް އަނިޔާވީ ގަދަކަމުން ގޮޅިން ނެރެން އުޅުމުގެ ތެރޭގައި

މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނު ހޮނިހިރު ދުވަހުގެރޭ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެނެސް އެކްސްރޭ ނަގައިފިއެވެ.

ފާރިސް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާއްމު ކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުން ފާރިސް ހޮސްޕިޓަލަށް ވަންނަވާއިރު މޫނު ނިވައިކޮށްގެން ތިބި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ކައިރީގައި ތިއްބެވެ. އަދި ފާރިސް ހުންނަނީ އެއް އަތް ކަރަށް ވާގޮތައް ސަޕޯޓެއް އަޅުވާފައެވެ.

ފާރިސް އައިޖީއެމްއެޗަށް ގެނެސްފައި މިވަނީ ފާރިސް ގަދަކަމުން ގޮޅިން ނެރެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާކަމަށް ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.

ފާރިސްގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ ވަކީލް ހާޒިރުވެ ނެތި ތަހްގީގަށް ޖަވާބު ދެއްވަން ފާރިސް ދެކޮޅު ހެއްދެވުމުން، ފުލުހުންގެ ހަ އޮފިސަރަކު ގޮސް ގަދަކަމުން އޭނާ ގޮޅިން ނެރުނު ކަމަށެވެ. ގަދަކަމުން ފާރިސް ނެރުމުގެ ތެރޭގައި ބިން މައްޗަށް ވެއްޓި އަތުގެ ކުޑަ ހުޅަށާއި ކޮނޑު ހުޅަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ތަހްގީގުގެ ބަޔާނުގައި ސޮއިކުރަން ދެކޮޅު ހެއްދެވި ކަމަށެވެ.

ފާރިސް އަށް އަނިޔާކުރުމަށްފަހު ފަންކާއެއް ނެތް އަދި އަލިކަމެއްވެސް ނެތް ގޮޅިޔަކަށް އޭނާ ބަދަލުކުރެވިފައިވާ ކަމަށްވެސް ޝަމީލް ވިދާޅުވިއެވެ.

ފާރިސް ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުންނެވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް