ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 07:30
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްގެން ގެންދަނީ:- އޭނާ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްގެން ގެންދަނީ:- އޭނާ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ހައްޔަރުކޮށްފައިވާ ހަ ފުލުހެއްގެ ބަންދަށް 15 ދުވަސް، އިތުރު ފުލުހަކަށް 14 ދުވަސް
މިއީ މި މީހުން ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު
ސައިފް ބަންދާމެދު ގޮތެއް ނުނިންމާ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ, ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު ކޯޓު އަމުރެއްގެ ދަށުން އިތުރުކޮށްފި އެވެ.

ޖިނާއީ ބޮޑެތި ތުހްމަތުތަކެއްކޮށް ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރެއިން ހަތް މީހަކު ހޮނިހިރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ. އަދި އެކަކުގެ ބަންދަށް އިތުރުކުރީ 14 ދުވަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ޕޮލިސް އިންސްޕެކްޓަރ ސައިފް ހުސައިން އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު އާއި ޕޮލިސް ސާރޖަންޓް އަލީ ރިޝްވާން އަހުމަދު އާއި ޕޮލިސް ސާރޖަންޓް އަބްދުﷲ ރިޔާޒު އާއި ޕޮލިސް ސާރޖަންޓް އަހުމަދު އާސިމް އާއި ޕޮލިސް ސާރޖަންޓް އަލީ ނަސީރު އާއި ޕޮލިސް ކޯޕްރަލް ހަސަން ނަސީރު އަދި ޕޮލިސް ކޯޕަރަލް މުހައްމަދު ޝާމީން ހިމެނެ އެވެ.

ފުލުހުން ހައްޔަރުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ދޫނިދޫގައި ބޭތިއްބުމަށްފަހު ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމަންދެން އެދުނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހުވެސް ބޭތިއްބުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ދެވިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކިވަޑައިނުގަންނަވަ އެވެ.

ޖުމްލަ 8 ފުލުހަކު ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު ސައިފު ވެސް ހިމެނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އަދި ކޯޓަށް ހާޒިރުކޮށްފައި ނުވެއެވެ. އޭނާއާ ތަހުގީގުގައި އަދި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް