ޤާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކޮށްފިއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ހަމައެކަނި ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ، އޭނާ ހައްޔަރުކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އަދި ހައްޔަރުކުރީ އެސްއޯއީގެ ދަށުންތޯ ނުވަތަ ނޫންތޯވެސް އެނގިފައެއް ނުވެއެވެ.
ނާޒިމަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ ބައެއްގެ ވަކީލެކެވެ. އަދި ނާޒިމަކީ ދޫނިދޫގައި ކަންކަން ހިނގާގޮތާ ގުޅޭ ގޮތުން ފާޑު ވިދާޅުވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ދާދިފަހުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން މުވައްކިލާ ބައްދަލު ކުރުމަށް އިށީނދެއިން ގޮނޑީގެ ދަށުގައި ޓޭޕް ރެކޯޑަރެއް ހަރުކޮށްފައިވާކަން ފަޅާއެރުމުން އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ފަޑުވިދާޅުވި ޤާނޫނީ ވަކީލެކެވެ.