ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 22:23
ކުރީގެ މިނިސްޓަރު އަފީފް
ކުރީގެ މިނިސްޓަރު އަފީފް
ރާއްޖެ އެމްވީ
ަކުއްލި ނުރައްކަލުގެ ހާލަތު
ކުރީގެ ހޯމް މިނިސްޓަރު އަފީފު ހައްޔަރުކޮށްފި
ހައްޔަރުކުރީ ސުލުހަވެރިކަމާއެކު ހުންނަވަނިކޮށް

ގަދަ ބާރުން ވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ރައްޔިތުން އަޑު އުފުލުމަށް ބޭއްވި އެއްވުމުގެ ތެރެއިން ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނިކޮށް، ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ހައްޔަރުކޮށްފި އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެމްބަރުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަފީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަޖީދީ މަގު، މާލޭ ގްރޭންޑް ކައިރިންނެވެ. އަފީފުގެ އިތުރުން ބައެއް އެހެން މީހުން ވެސް ހައްޔަރުކުރި އެވެ.

އަފީފު ހައްޔަރުކުރީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ. 

މުޒާހަރާ ކަވަރުކުރަމުން ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވިދާޅުވީ އެއްވުމުމުގެ ތެރެއިން މީހުން ހައްޔަރު ކުރަމުން ދިޔައީ ސުލުހަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް އަދި ފުލުހުންގެ އަމުރަށް ކިޔަމަންތެރިވަމުން ދަނިކޮށް ކަމަށެވެ.

ސުޕްރީމް ކޯޓްގެ ފެބްރުއަރީ 1 ގެ ހުކުމް ތަންފީޒު ކުރުމަށާއި ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުން ރޫޅާލައި، 140 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 މާރޗް 2018 | ހޮނިހިރު 19:17
މުޒާހަރާ
!އަދިވެސް، އަދިވެސް، ފެށޭގޮތެއް ނުވޭ