ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 21:19
ޢަލީ ހަމީދުގެ އަނބިކަނބަލުން ނާސިރާ
ޢަލީ ހަމީދުގެ އަނބިކަނބަލުން ނާސިރާ
ޓްވިޓަރ
ޢަލީ ހަމީދުގެ އަނބިކަނބަލުން
ޢަލީ ހަމީދުގެ އަނބިކަނބަލުންނަށް 15 ދުވަސް ޖަހައިފި
15 ދުވަސް ޖެހީ ގޭބަންދުގައި ބަހައްޓަން
ފުލުހުން އެދުނީ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ނާސިރާއަށް ކުރޭ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާގެ ބަންދުގެ މުއްދަތައް 15 ދުވަސް ޖަހައިފިއެވެ.

ކުރިން ޖަލުގައި ހައްޔަރުކުރުމަށް ފަހު މިހާރު ގޭ ބަންދަށް ބަދަލުކޮށްފައި ހުރި ނާސިރާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެކޯޓުންނެވެ.

ނާސިރާގެ ޤާނޫނީ ވަކީލް ވިދާޅުވީ ނާސިރާ ބަންދުކުރުމަށް ފުލުހުން އެދިފައިވަނީ މައްސަލަ ނިންމެންދެން ބަންދުގައި ބަހައްޓަން ކަމަށާއި ނަމަވެސް ކޯޓުން މުއްދަތު ޖަހާފައި ވަނީ 15 ދުވަހަށް ގޭބަންދުގައި ބަހައްޓަން ކަމަށެވެ.

ވަކީލް ވިދާޅުވީ އެސްއޯއީގެ ދަށުން ހައްޔަރު ކުރުމަށް ފަހު އެސްއޯއީ ނުނިމެނީސް ބަންދުގެ މުއްދަތު ޖަހަނީ ކީއްވެތޯ ސުވާލު ކުރުމުން އެކަމަށް ޖަވާބެއް ނުދެއްވާ ކަމަށާއި އެސްއޯއީގެ ދަށުން ހައްޔަރު ކުރި މީހަކު ޖިނާއީ އިޖުރާއަތުގެ ދަށުން ބަންދުގެ މުއްދަތު ޖެހޭނީ އެސްއޯއީގެ ދަށުން ކޮށްފައިވާ ހައްޔަރުން ވީއްލައި ޖިނާއީ އިޖުރާއަތުގެ ދަށުން ހައްޔަރު ކޮށްގެން ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ.

ނާސިރާގެ އެހެން ވަކީލަކު ވިދާޅުވީ ނާސިރާއާ ތިން ފަހަރު ފުލުހުން ސުވާލު ކޮށްފައިވާ ކަމަށާއި ފުރަތަމަ ގެންދެވީ އެއްޗެއް އޮޅުން ފިލުވަން ކަމަށް ބުނެ ކަމަށެވެ.

ވަކީލް ވިދާޅުވީ ނާސިރާއަށް ތުހުމަތު ކުރާ އެއްކަމަކީ ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުން ކަމަށާއި އެހެން ނަމަވެސް ނާސިރާއަކީ ޤާނޫނާ ޚިލާފަށް އެކަން ކުރައްވަން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޤާނޫނާ އެއްގޮތަށް ވެރިކަން ވައްޓާލަން ބޭނުންނަމަ ނާސިރާއަކީ އެކަން ކުރެވޭވަރުގެ ބޭފުޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް