ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 16:35
ކޮކާ ކޯލާ ލޯންގް ރަން 2018 ގެ ނަމުގައި ޓީއެފްޖީއިން ކުރިއަށް ގެންދާ މެރެތޮންގެ ޕާރޓްނަރުން ސޮއިކުރުން
ކޮކާ ކޯލާ ލޯންގް ރަން 2018 ގެ ނަމުގައި ޓީއެފްޖީއިން ކުރިއަށް ގެންދާ މެރެތޮންގެ ޕާރޓްނަރުން ސޮއިކުރުން
ފާތިމަތު ޝަނާ މުހައްމަދު
ޓީއެފްޖީ ލޯންގް ރަން
ކޮކާ ކޯލާ ލޯންގް ރަން 2018 ގެ ނަމުގައި ޓީއެފްޖީއިން ކުރިއަށްގެންދާ މެރެތޮންގެ ޕަރޓްނަރުން ސޮއިކޮށްފި
މެރެތޮން ކުރިއަށްދަނީ 20 އޭޕްރީލްގައި
1500 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ
މިދިޔަ އަހަރު 800 މީހުން ބައިވެރިވެފައިވޭ

ކޮކާ ކޯލާ ލޯންގްރަން 2018 ގެ ނަމުގައި ޓީއެފްޖީ އިން ކުރިއަށް ގެންދާ މެރެތޮންގެ ޕަރޓްނަރުންނާއި އެކު ސޮއިކޮށްފި އެވެ.

ސޯލްޓް ކެފޭ ރެސްޓައުރެންޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ޓީއެފްޖީ އިން ސޮއި ކޮށްފައިވަނީ، ކޮކާ ކޯލާ، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެލައިޑް އިންޝިއުރެންސް އާއި އެސްޓީއޯ އާއި ސަމާސެޓް ހޮޓެލް އާއި ޕްރިންޓް ލެބާއި އެކު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ  ހުސައިން ޒިނާން ވިދާޅުވީ، ޓީއެފްޖީ އިން ޖެހިޖެހިގެން ހަ އަހަރުވަންދެން ކުރިއަށްގެންދާ މި އެއްވުމުގައި، މިފަހަރު 1500 އާ ގާތް ގުރާ އަދަދެއް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށާއި މިފަހަރުގެ މެރެތޮންގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.

" އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން، މެރެތޮން ޓޫރިޒަމް ރާއްޖޭގައި ފުޅާ ކުރުމަށް. މުބާރާތްތަކާ ގުޅިގެން އަންނަ މީހުން އިތުރު ކުރަން. ހަމަގައިމުވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ބޭރު ގައުމުތަކުން ބައިވެރިވާ މީހުން އިތުރުވާނެ." ޒިނާން ވިދާޅުވި އެވެ.

ޒިނާން ވިދާޅުވީ، މިއަހަރު ވެސް ލ އަތޮޅާއި އައްޑޫ ސިޓީގައި ވެސް މެރެތޮން އެއް ކުރިއަށްދާނެ ކަމަށާއި އިތުރު ސަރަހައްދުތަކުގައި، މެރެތޮންތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ކޮކާ ކޯލާ ލޯންގް ރަން 2018 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ އޭޕްރީލް މަހުގެ 20 ގަ އެވެ. މިދިޔަ އަހަރުގެ ލޯންގް ރަންގައި 800 މީހުން ބައިވެރިވެފައިވެ އެވެ.

މިހަރަކާތް 2013 ވަނަ އަހަރު ޓީއެފްޖީ އިން ފަށާފައިވަނީ އެންމެ 300 ދުވުންތެރިންނާ އެކު އެވެ. ހުޅުމާލޭގައި ކުރިއަށްގެންދާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް