ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 03:43
ފަޒީން މުޒާހަރާ ކަވަރ ކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރަނީ
ފަޒީން މުޒާހަރާ ކަވަރ ކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރަނީ
ރާއްޖެ އެމްވީ
ރާއްޖެޓީވީއަށް އިންޒާރުދިނުން
ރާއްޖެޓީވީގެ މުވައްޒަފުން މިނިވަން ކުރުމަށް ސީޕީޖޭ އިން ގޮވާލައިފި
އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލާފައިވޭ
އެންމެހާ ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހި ސަރުކާރުން ދޭންޖެހޭނެކަމަށް ބުނެފައިވޭ

ރާއްޖެޓީވީގެ މުވައްޒަފުން މިނިވަން ކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފިއެވެ.

ހުކުރު ދުވަހު އެ ޖަމިއްޔާ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

ސީޕީޖޭ އިން އިތުރަށް ބުނީ އެންމެހާ ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހި ސަރުކާރުން ދޭންޖެހޭނެ ކަމަށާއި އެއްވުންތައް ކަވަރު ކުރަން މީޑިއާތަކުން މަސައްކަތް ކުރުމުން ދިވެހި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ނުކުރުމަށް ގޮވާލާ ކަމަށެވެ.

ނޫސްވެރިޔާ މުހައްމަދު ފަޒީން މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށްފައިވާއިރު ނޫސްވެރިޔާ މުހައްމަދު ވިސާމް ފުލުހުން ހައްޔަރުކުރީ ކޮން ސަރަހައްދަކުން ކަމެއް ސާފެއް ނުވެއެވެ. ރާޢްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް ހައްޔަރުކޮށްފައި ވަނީ ރާއްޖެޓީވީ އިމާރަތް ކައިރިންނެވެ. އޮފީސް ދޮރުމަތީގައި ހުއްޓައި ފުލުހުން ވަނީ އާމިރާ ސުވާލުކޮށް އައިޑީކާޑު ދެއްކުމަށް އަންގާފައެވެ. އަދި އައިޑީކާޑު ދެއްކުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ އާމިރު ވަނީ ހައްޔަރުކޮށްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް