ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 02:39
އެއްވުމުގެ ބައިވެރި ދުރުކުރުމަށް ކަރުނަ ގޭސް ޖަހާފައި
އެއްވުމުގެ ބައިވެރި ދުރުކުރުމަށް ކަރުނަ ގޭސް ޖަހާފައި
ރާއްޖެއެމްވީ
މުޒާޙަރާގެ ތެރެއިން
ޖުމްހޫރީ މައިދާނަށް ވަނަ ނުދޭން ގިނަ އަދަދަކަށް ކަރުނަ ގޭސް ޖަހައިފި
މުޒާހަރާ ފެށީ މަޖީދީ މަގުން
ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި
ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައި

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށާއި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ވަނަ ނުދިނުމަށްޓަކައި ގިނަ އަދަދެއްގެ ކަރުނަ ގޭސް ޖަހައި، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ކޯޓް އަމުރު ތަންފީޒުނުކުރައްވައި ގަދަބާރުން ވެރިކަން ހިފެހެއްޓުމަށްޓަކައި ރައީސް ޔާމީން މަސައްކަތް ކުރައްވާއިރު، ސަރުކާރާ ދެކޮޅަށް ރައްޔިތުން ހުކުރު ދުވަހުގެ ރޭ ނުކުމެ މުޒާހަރާ ފެށީ މަޖީދީ މަގުގަ އެވެ. އެއަށް ފަހު ރޭގަނޑު 11:00 ހާއިރު މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ސަރަހައްދަށް އެއްވެ އަޑުއުފުލަން ފެށި އެވެ.  

ސަލާމަތީ ހިދުމަތްތައް އޮތީ ދިވެހި ރައްޔިތުންނާއެކުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޓްވީޓްކުރައްވާފައި ވާއިރު، މީގެ ކުރިން ޖުމްހޫރީ މައިދާނާ ކައިރި ސަރަހައްދަށް ވެސް އެއްވުމަށް ފުރުސަތު ނުދޭ މިންވަރަށް ހުކުރު ދުވަހުގެ ރޭ ފުރުސަތު ދިނެވެ. އަދި އެހެން ފަހަރުތަކެކޭ ތަފާތުކޮށް، އެއްވުން ރޫޅާލައި، އެ ސަރަހައްދުން މީހުން ދުރުކުރަން ފުލުހުން މަސައްކަތެއް ނުކުރެ އެވެ. މުޒާހަރާ ރޫޅާލުމަށް ދޭތެރެ ދޭތެރެއިން ފުލުހުން މަސައްކަތްކުރި ނަމަވެސް، ގިނަ އިރުތަކެއް ނުވެ، އެއްވުމުގެ ބައިވެރިން އަލުން އެއްވަމުން ދިޔަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހްމަތުކުރާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށްޓަކައި "ހުއްޓުވަން" ނަމުގައި ބޭއްވި މުޒާހަރާ މެންދަން ވަންދެން ކުރިއަށް ގެންދިޔައިރު، މުޒާހަރާ ކޮންޓްރޯލްކުރުމުގެ ކުރީ ސަފުން ފުލުހުން ދުރުކޮށް، ސިފައިން ނުކުމެ ވަގުތު ކޮޅަކަށް ހަރަކާތްތެރިވި މަންޒަރު ފެނިގެންދިޔަ އެވެ. ނަމަވެސް، އޭގެ ފަހުން ފުލުހުން ރައިޓް ގިޔަރުގައި ނުކުމެ އަލުން ހަރަކާތްެތެރިވި އެވެ.

މުޒާހަރާ ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެވެ.

މުޒާހަރާ ނިންމާލީ މެންދަމު 2:30 ހާއިރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް