ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 00:52
ދިވެހި ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާއެކު - ރައީސް ނަޝީދު
ދިވެހި ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާއެކު - ރައީސް ނަޝީދު
ގޫގުލް
ރައީސް ނަޝީދު ޓްވީޓް
ދިވެހި ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާ އެކު: ރައީސް ނަޝީދު
އެންމެހާ ރައްޔިތުން ނިކުތުމަށް ގޮވާލެއްވި

ދިވެހި ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާ އެކު ކަމަށާއި ވީހާ ވެސް ގިނަ ބޭފުޅުން ޖުމްހޫރީ މައިދާނަށް ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާ އެކު ކަމަށާއި އެންމެހާ ރައްޔިތުން ނިކުންނެވުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާރވިސް ޔުނީފޯމްގައި 45 ވަރަކަށް ކުދިން ނެރެފައިވާ ކަމަށާއި އެކަން ކުރުމުގައި އިސްކޮށް ހުންނެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ކަމަށެވެ. އަދި އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ދިވެހި ފުލުހުންނާއި ސިފައިން ރައްޔިތުންގެ ދިފާއުގައި ނިކުމެ ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ހުސައިން ވަހީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ މުޒާހަރާގައި ފުލުހުން ވަނީ ހާލަތާ ނުބައްދަލަށް ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް