ކ. މާލެ
|
16 މާރޗް 2018 | ހުކުރު 20:51
ރައީސް ނަޝީދު
ރައީސް ނަޝީދު
ގޫގުލް
ހުއްޓުވާ މުޒާހަރާ
އިންސާފު ގާއިމުކޮށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް އެންމެން ނުކުންނަވާ: ރައީސް ނަޝީދު
މިރޭ މާލޭގައި "ހުއްޓުވާ" ނަމުގައި ބޮޑު އިހުތިޖާޖެއް ކުރިޔަށް ގެންދާނެ

ރާއްޖޭގައި އިންސާފު ގާއިމުކޮށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް އެންމެން ނުކުންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ގައުމެއްގެ ހަޔާތުގައި ހިނދުކޮޅުތަކެއް އަންނާނެ ކަމަށާއި އެއީ ގައުމު އެއް ހާލަތުން އަނެއް ހާލަތަށް ފުރޮޅިގެންދާ ހާލަތު ކަމަށެވެ. މިއަދު ގައުމު އެދި ގޮވަނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ބަޔާންކުރާ ކަރާމާތްތެރި އިންސާނީ ހައްގުތައް ރައްކާތެރިކަށް އިންސާފު ގާއިމުކޮށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދު މިހެން ގޮވާލައްވާފައިވާއިރު މިރޭ މާލޭގައި "ހުއްޓުވާ" ނަމުގައި ބޮޑު އިހުތިޖާޖެއް ކުރިޔަށް ގެންދިޔުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފައެވެ. މި ސުލްހަވެރި އިހުތިޖާޖު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 މާރޗް 2018 | ހޮނިހިރު 18:54
16 މާރިޗު
!ބަޣާވާތް ގެންނަން އުޅުނު
16 މާރޗް 2018 | ހުކުރު 16:35
ހ މ ޒ
މަގުމަތިންނާއި، އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި ލިބޭ މައުލޫމާތައް ބަލާއިރު އެމްޑީޕީގެ 200 ވަރަކަށް މީހުން މަގުމައްޗަށް ނިކުމެގެން ވެރިކަން ވައްޓާލެވޭ ވަރަށް ވުރެ ސަރުކާރު އޮތީ ވަރުގަދަ ކޮށެވެ. މިއަށް ވުރެ މާބޮޑެތި ހަމަލާތަކުން ރައީސް ޔާމީން ފަސޭހަކަމާއި އެކު ސަލާމަތްވެ ވަޑައިގެންނެވި ފަދައިން މިހާރު ކުރިމަތިވެފައިވާ ހަމަލާ އިން ވެސް ސަލާމަތްވެ ވަޑައިގަންނަވާނެ ކަމާއި އެކު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އިތުރު ސުވާލެއް ނުއުފައްދައެވެ. ފެންނަނީ "ވެއްޓޭ!" މަންޒަރެއް ނޫނެވެ. ފެންނަނީ "ކުރިއަށް! ކުރިއަށް! ބާރަށް ކުރިއަށް!" ރައީސް ޔާމީން ވަޑައިގަންނަވާ މަންޒަރެވެ.
16 މާރޗް 2018 | ހުކުރު 16:27
ޑިމޮކްރަސީ
ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި އީޔޫ އިން މިމަހު 14 ވަނަ ދުވަހު ފާސް ކުރި ގަރާރު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބަލައިނުގަންނަ ކަމަށާއި, އީޔޫން އިން ފާސް ކުރި ގަރާރު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.